މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ ބައެއް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުން.

މި މިނިސްޓްރީއަށް ބޭނުންވާ ބައެއް ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުން.

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2022/307 (13 އޮކްޓޯބަރ 2022) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ހަވާލާދެވިފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ކުށެއް ޖެހިފައިވާތީ، އެކަން ރަނގަޅުކޮށް ބިޑް ހުށަހަޅާ ދުވަސް ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:         24 އޮކްޓޯބަރ 2022، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ރަބީޢުލްއައްވަލް 1444

18 އޮކްޓޯބަރ  2022

18 އޮކްޓޫބަރު 2022
ހޯދާ