މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، އެޑްމިން އެންޑް އެޗް.އާރ

މަޤާމު:

އޮފިސަރ، އެޑްމިން އެންޑް އެޗް.އާރ

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ، މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ.

މުސާރައާއި ޢިނާޔަތްތައް:

ޖުމްލަ މުސާރަ: 10,000 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. ޖީ.ސީ.އީ އޭ ލެވެލް އިން މަދުވެގެން 3 ފާސް އަދި އެޗް.އެސް.ސީ ދިވެހިން ސީ ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ޖީ.ސީ.އީ އޯ ލެވެލް އިން ދިވެހި އަދި އިނގިރޭސި ހިމަނައިގެން މަދުވެގެން 5 ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން.
  2. އޮފީހަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން އަދި ފޯނު ކޯލްތައް ޑިޕާޓުމަންޓުތަކަށް ރޫޓް ކުރުން.
  3. އޮފީހަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، ކަނޑައަޅާފައިވާ އުސޫލާއެއްގޮތައް އެންޓީކުރުމަށްފަހު ޑިޕާޓްމަންޓްތަކަށް ފޮނުވުން.
  4. އޮފީހުން ފޮނުވާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލާއެއްގޮތައް، ޑިސްޕެޗްކުރުމަށް ފޮނުވުން.
  5. އޮފީހުގައި ބާއްވާ ބައްދަލުވުންތަކަށް މީޓީންގ ރޫމް ތައްޔާރުކޮށް، ބައްދަލުވުން ކުރިއަށްގެންދާ ވަގުތުގައި ދޭންޖެހޭ އެހީތެރިކަށް ފޯރުކޮށްދިނުން.
  6. ޑިޕާޓުމަންޓުން ފޮނުވަންޖެހޭ ސިޓީ/ލިޔުން އަދި އެހެނިހެން ތަކެތި ތައްޔާރުކޮށް ފޮނުވުން.
  7. ޑިޕާޓްމަންޓަށް ބޭނުންވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.
  8. ޑިޕާޓުމަންޓުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓާ ފައިލްކުރުން.
  9. އޮފީސް ހުޅުވާ ލެއްޕުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  6. ޕޮލިސް ރިޕޯޓް

ސުންގަޑި:

26 އޮކްޓޯބަރު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

 

 

18 އޮކްޓޫބަރު 2022
ހޯދާ