މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީ ހޯދައިދޭނެ ފަރާތެއް ހޯދުން

ރ. އަތޮޅު ކައުންސިލުގެ އިދާރާއަށް ބައެއް މެޝިނަރީ ހޯދައިދޭނެ ފަރާތެއް ހޯދުން.

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 03 ކޮމްޕިއުޓަރ ސިސްޓަމް، 01 ކާޑު ޕްރިންޓަރ، ޕްރިންޓަރ ރިބަން، ފިލްމު، 1 ލޭޒަރޖެޓް ޕްރިންޓަރ. 1 އިމޭޖް ސްކޭނަރ، 1 ލެމިނޭޓިން މެޝިން ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު: IUL)229-AHI/229/2014/23)ފ(21 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންފައިނުވާތީ، އަލުން އެތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތެއްވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، މަތީގައި ދެންނެވުނު މެޝިނަރީ ހޯދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތުދިނުން އޮންނާނީ 13 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ރ. އަތޮޅު ކައުންސިލުގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 17 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:30ގައި ރ. އަތޮޅު ކައުންސިލުގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ