ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކާޕެންޓަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: 648/MNU-HR/2014

ތާރީޚު: 06 ނޮވެންބަރު 2014

މަޤާމު:

ކާޕެންޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1522.00 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު  2000.00 ރުފިޔާ

ކްލެސިފޭކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް.1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައްޔާއި ބޭރުގައި ލަކުޑިން ހަދަންޖެހޭ އަދި ހަދާފައިވާ ތަންތަނާއި، ރާނާ ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ އަދި ހަދަންޖެހޭ ތަންތަން ހެދުމާއި، ޒަމާނާ އެއްގޮތަށް އެތަންތަނަށް  ގެންނަންޖެހޭ ބަދަލު ގެނެސް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.
  2. ކަބަޑު، މޭޒު، ހަރުގަނޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިންކުރުމާއި، އެފަދަ ތަކެތި ހެދުމާއި، އެ ތަކެއްޗަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، އެ ތަކެތި މަރާމާތުކުރުން.
  3. ބޮޑުދޮރު ކުޑަދޮރު، ފެންލައިޓް، ކަބަޑު، އަދި އެންމެހައި ފަރުނީޗަރތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަނޑުތައް ދުވަހުން ދުވަހަށް ޗެކްކޮށް މަރާމާތުކުރުން ނުވަތަ ބަދަލުކުރުން.
  4. މަސައްކަތްކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތައް ބެލެހެއްޓުމާއި، މަސައްކަތް ހިނގަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ސްޕަވައިޒްކުރުން.
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި، އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތުކުރުމާބެހޭ މައުލޫމާތު ޝީޓް ތައްޔާރުކުރުން.

ކާޕެންޓަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، ކާޕެންޓަރ ގްރޭޑް 1 ގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

 

 

މަޤާމު:

ކާޕެންޓަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 5020.00 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1304.00 ރުފިޔާ

 

އޮފީސް

އިދާރީ މަރުކަޒު

ސަރވިސް އެލަވެންސް:

މަހަކު 1500.00 ރުފިޔާ

 

ކްލެސިފޭކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.4

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދުލިބިފައިވުން. ނުވަތަ،
    • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
    • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
    • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް 4 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
      • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
      • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައްޔާއި ބޭރުގައި ލަކުޑިން ހަދަންޖެހޭ ތަންތަނާއި، ހަދާފައިވާ ތަންތަނާއި، ރާނާ ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ ތަންތަނާއި، ހަދަންޖެހޭ ތަންތަން ހެދުމާއި، ޒަމާނާ އެއްގޮތަށް އެތަންތަނަށް  ގެންނަންޖެހޭ ބަދަލު ގެނަސް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.
  2. ކަބަޑު، މޭޒު، ހަރުގަނޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިންކުރުމާއި، އެ ތަކެތި ހެދުމާއި، އެ ތަކެއްޗަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މިފަދަ ތަކެތި މަރާމާތުކުރުން.
  3. ބޮޑުދޮރު ކުޑަދޮރު، ފެންލައިޓް، ކަބަޑު، އަދި އެންމެހައި ފަރުނީޗަރުތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަނޑުތައް ދުވަހުން ދުވަހަށް ޗެކްކޮށް، މަރާމާތުކުރުން ނުވަތަ ބަދަލުކުރުން.
  4. މަސައްކަތްކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތަށް ބެލެހެއްޓުމާއި، މަސައްކަތް ހިނގަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާއި އެއްގޮތަށްތޯ ބަލައި ސްޕަވައިޒްކުރުން.
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި، އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތު ކުރުމާބެހޭ މައުލޫމާތު ޝީޓް ތައްޔާރުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 13 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނާއެވެ.

06 ނޮވެންބަރު 2014
ހޯދާ