މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓުން ހޯދުން

`

 

 

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

  ދުވާފަރު، ދިވެހިރާއްޖެ     

                  ނަންބަރު:(IUL)304-MS/304/2022/91

 ކައުންސިލް އެސިސްޓެންޓުން ހޯދުން     

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

ބޭނުންވާ އަދަދު:

03

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. ދުވާފަރު ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ހަމަ ޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

-          ހަމަޖެހިފައިވާ އުސޫލުން ސަޕޯރޓިންގ ކޯއެލަވެންސްގެ ގޮތުގައި ލިބިލައްވާ /-1200 ރުފިޔާ (މަހަކު).

-          މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ، މަދުން ލިބޭނަމަ އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވެންސް ހަމަޖައްސައި ދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރަޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  3. ކައުންސިލް އިދާރާގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރުން
  4. ކައުންސިލްގެ އިދާރާގައި ހުންނަ އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކާއި އެޕްލަޔަންސްތައް ސާފުކުރުމާއި، މެއިންޓެއިން ކުރުމުގައި އެހީތެރިވެ ދިނުން
  5. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދު ކުރުން
  6. ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިވެ ދިނުން
  7. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެ ދިނުން
  8. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެ ދިނުން
  9. ފުޓުބޯޅަ ދަނޑު އެތެރޭގައި ފަޅައި ވިނަތައް ނޮޅައި ކުނިތައް ނަގައި ސާފު ކުރުން
  10. ފުޓުބޯޅަ ދަނޑާއި ގުޅިގެން މަގުތައް ދެ ދުވަހުން އެއްދުވަހު ކުނިކަހައި ސާފު ކުރުން
  11. ފުޓުބޯޅަ ދަނޑުން ނަގައި ވިނަތަކާއި ކުނިތައް ކުނި ކޮށްޓަށް ގެންދިއުމަށް ޑަސްބިނަށް އަޅައި ބޭރަށް ނެރެފައި ބެހެއްޓުން
  12. ފުޓުބޯޅަ ދަނޑުގެ އިށިއިނދެ ތިބުމަށް ހަދާފައިވާ ސިޑިބަރި ކުނިކަހައި ސާފު ކުރުން
  13. އޮފީހުގެ ބަގީޗާ ގަސްހެއްދުމާއި ގަސްތަކަށް ކޮންމެ ދުވަހަކު ފެންދިނުން
  14. ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން
  15. ފުޓުބޯޅަ ދަނަޑަށް ވަނުމަށް ހެދިފައިވާ ޤަވާޢިދާ ޚިލާފް ކުޅުންތެރިން ވަންނަނަމަ ކައުންސިލަށް ރިޕޯޓް ކުރުން
  16. ހަފުތާއަކު 3 ދުވަހު ދަނޑުގެ ޓާފްއަށް ފެންޖެހުން
  17. ކުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި މަދުވެގެން ހަފުތާއަކު 2 ފަހަރު އުކާލުން
  18. ކުނީގެ ގޮތުގައިނަގައި އެއްވެސް އެއްޗެއް ވަޅުލުމާއި ނުއެންދުން
  19. ރ. ދުވާފަރު ބަނދަރު ތެރެއަށް އެޅޭ ކުނިތައްނަގައި ސާފުކުރުން
  20. ރ. ދުވާފަރުގެ ބަނދަރު ސަރަޙައްދު ރީތިކޮށް ސާފުކޮށް ބެލެހެއްޓުން
  21. ދަތުރުވެރިންގެ ހިޔާ ސާފުކޮށް ބެލެހެއްޓުން
  22. ރ. ދުވާފަރުގެ ބަނދަރުގައި ހަދާފައިވާ ބުރުތަކާއި މޮނިއުމެންޓުތަކުގެ ކައިރި ސާފުކޮށް ބެލެހެއްޓުން
  23. ރ. ދުވާފަރުގެ ބަނދަރުގައި ހަރުކޮށްފައިވާ ބަނދަރު ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނި ފަހަރު ތަރުތީބު ކުރުވުން
  24. ރ. ދުވާފަރުގެ ބަނދަރުގައި ހަރުކޮށްފައިވާ ކަރަންޓު ބޯޑުތަކުން ކަރަންޓު ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ގޮތަކަށް ކަރަންޓަށް އެދޭ ފަރާތްތަކަށް ކަރަންޓު ދޫކުރުން
  25. ރ. ދުވާފަރު ފަޅުތެރެ ބޭނުން ކުރުމުގެ އުސޫލާއި އެއްގޮތަށް ޢަމަލު ކުރުން އަދި ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން
  26. މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ކަމެއް ކުރުން
  27. ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމް އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
  28. ރަށު ކައުންސިލް އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި، ފާޚާނާ އާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީ ފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތްކުރުން އަދި މިސްކިތު ވަޅުދިޔަ ހިއްކާ ސާފުކުރުން.
  29. އިމާމް / މުދިމް އަންގާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް ރަށު ކައުންސިލް އިދާރާއިން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.
  30. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމް / މުދިމަށާއި ރަށު ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.
  31. ރަށު ކައުންސިލް އިދާރާއިންނާއި އިމާމް / މުދިމް އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  32. ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން.
  33. ދީނީ ނަސޭޙަތް ދިނުމަށާއި، ޢީދު ނަމާދު، ކޭތަ ނަމާދު އަދި ތަރާވީޙް ނަމާދަށް މިސްކިތް ތައްޔާރުކުރުން.
  34. މީގެއިތުރުންވެސް މިސްކިތާގުޅިގެންޙަވާލުކުރެވޭ އެންމެހައިކަންތައްތައްކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެނގުން.

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިއުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިއުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީގްރޭޑެއް ނިންމި ކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭފޯމް އިދާރާގެ ކައުންޓަރުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހ 2:00 އަށް ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި، އީ މެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި ޑީ ކާޑް ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވީސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް،  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ، ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް ކިޔު އޭ އެސެސްމެންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވީސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީދާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މި މަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓް ދެވޭނީ ޝަރުޠު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި، ތަޖުރިބާގެ މުއްދަތު ފިތަވައި އެއަށްވުރެ މަތިން ޙާސިލް ކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރ. ދުވާފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް. މެއިލް [email protected] މެދުވެރިކޮށް ވެސްބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ބަދަލަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ  30 އޮކްޓޯބަރ 2022 ން 02 ނޮވެމްބަރ 2022 އާއި ދެމެދުއެވެ. އިންޓަރވިއު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚް ތަކުގައި އިންޓަރވިއު އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. އިންޓަރވިއު އޮންނަ ދުވަހާއި ގަޑި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އަންގާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ނޯޓް:

  • ފުރަތަމަ އިޢުލާނަށް ކުރިމަތިލި ފަރާތުން މި އިޢުލާނަށް ވެސް ކުރިމަތިލެވޭނެއެވެ. ކުރިމަތިލާނަމަ އަލުން ފޯމް ހުށައަޅަންވާނެއެވެ.
  • އަލުން ހުށައަޅާ އެޕްލިކޭޝަން ފޯމް އާއި އެކު އިތުރު ލިޔެކިއުންތައް ހުށައަޅާކަށް ނުޖެހޭނެއެވެ. 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6582701 ނުވަތަ 6584546 ފޯނަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.


17 އޮކްޓޯބަރ 2022

 

 

މުޙައްމަދު ނާސިޚް

ސެކެރެޓްރީ ޖެނެރަލް      

17 އޮކްޓޫބަރު 2022
ހޯދާ