ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރުން

ޓާރމްސް އޮފް ރިފަރަންސް

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރުން

 

  • ތަޢާރަފު

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. މި ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި   ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްޞެކެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިޔްޔަތަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި އަދި ވަޒީފާއާއި ގުޅޭ އެއްމެހައި ކަންކަން ކުރުމާއި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން  ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ސުލޫކީ މައްސަލަތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އަދި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމެވެ.

  • މަޤްސަދު

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް މި ކޮމިޝަނުން ހުށަހަޅާ އެއްމެހައި މައްސަލަތަކާއި އަދި ކޮމިޝަނަށް ދަޢުވާ ލިބޭ އެއްމެހައި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުން

  • ކުރަންޖެހޭ މަސައްކަތްތައް
  1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ކޮމިޝަނުން ހުށަހަޅާ މައްސަލަތަކާއި އަދި ކޮމިޝަނަށް ދަޢުވާ ލިބޭގޮތަށް ހުށަހެޅޭ މައްސަލަތަކުގައި މި ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމަށް ކުރަންޖެހޭ އެއްމެހައި މަސައްކަތްތައްކުރުން
  2. މި ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންޖެހިއްޖެނަމަ އެ މައްސަލަ ހުށަހެޅުމަށްޓަކައި އެ މައްސަލައާ ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ސުޕްރީމް ކޯޓުގައި މި ކޮމިޝަނުގެ ވަކީލެއްގެ ހައިސިއްޔަތުން ތަމްސީލުކުރުން
  3. ކޮމިޝަނަށް ދަޢުވާލިބޭ މައްސަލަތަކުގައި ޖަވާބުދާރީވުމަށް މި ކޮމިޝަނުގެ ވަކީލެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރުން
  4. މި ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް
  • ތަޢުލީމާ ތަޖުރިބާން
  1. ދިވެހިރާއްޖޭގެ ޝަރުޢީކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމާއެކު  ސުޕްރީމް ކޯޓުގައި ވެސް ވަކާލާތު ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްވުން
  2. އިނގިރޭސި ބަހާއި ދިވެހި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން.
  • މަސްލަހަތު ފުށުއެރުން
  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ފަނޑިޔާރަކާއި ނުވަތަ މުވައްޒަފަކާ ނަސަބުގެ ގޮތުން ގުޅުން އޮތް ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއްކަމުގައި ވާނަމަ ޕްރޮޕޯސަލް ހުށަހަޅާއިރު އެކަން އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅާންވާނެއެވެ.
  • އެއްބަސްވުމުގެ މުއްދަތު

މަސައްކަތް ހަވާލުކުރެވޭ މުއްދަތަކީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 01  )އެކެއް) އަހަރުގެ މުއްދަތެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުކުރުމަށް ކޮމިޝަނުން ނިންމައިފިނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

  • މަސައްކަތް ކުރަންޖެހޭތަން

މި ކޮމިޝަނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަންޖެހޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި މި އޮފީހުގައި މަސައްކަތްކުރާނެ ތަނަކާއި ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ.

  • އުޖޫރަ

މިމަސައްކަތަށް ހޮވޭ ފަރާތަކަށް މަހަކު5,000/- ރ. )ފަސްހާސް ރުފިޔާ) ލިބޭނެއެވެ. މީގެ އިތުރަށް މައްސަލައާ ގުޅިގެން ދުވާލަކު 1 ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތައް ގަޑި އިރަކަށް -/500ރ. )ފަސްސަތޭކަ ރުފިޔާ) ދެވޭނެއެވެ. މިގޮތުން ފައިސާ ދެވޭނީ ދުވާލަކަށް ގިނަވެގެން 6 ގަޑި އިރަށެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް

1. ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ

2. ލޯ ފަރމަކުން ހުށަހަޅާނަމަ، އެ ފަރމުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާނެ ވަކީލުންގެ ޕްރޮފައިލް އަދި ވަނަވަރު

3. ޤާނޫނީ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ޕްރޮފައިލް

4. ސުޕްރީމް ކޯޓުގައި ވަކާލާތް ކުރުމުގެ ހުއްދަ

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު

6. ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  • މަޢުލޫމާތު ސާފުކުރުން

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ،  3303501 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

  • ޕްރޮޕޯސަލް ހުށަހަޅަންވީ ސުންގަޑި

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާސިޓީއާއި ހުށަހަޅަންޖެހޭކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުން އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. )އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދީފައިވާންވާނެއެވެ.)

17 އޮކްޓޫބަރު 2022
ހޯދާ