މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާއަށް ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު :   މަސައްކަތު

މަޤާމުގެ ނަންބަރ:         -

ބޭނުންވާ އަދަދު:          01

މަޤާމުގެ ގިންތި:   ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:     _

މަޤާމުގެ ކްލެސިފިކޭޝަން:      

ސެކްޝަން:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސެކްޝަން

މަޤާމް އޮތް އޮފީސް:  އަނގޮޅިތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭތަން:  އަނގޮޅިތީމު ކައުންސިލްގެ އިދާރާ

މުސާރަ:    -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ      

ސަޕޯޓިން ކޯ އެލަވަންސް: -/1200 ރުފިޔާ

އެހެނިހެން ގޮތްގޮތުން މުވައްޒަފަށް ދެވޭ އެލަވަންސް:-/1917 ރުފިޔާ

އެހެނިހެން އެލަވަންސްތައް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:    

               

  1. ކައުންސިލްގެ ޖަލްސާކުރާ މާލަމް ފޮޅާސާފުކޮށް ގަސްއިންދާ ކޮށާ ބެލެހެއްޓުން.
  2. ކުޑަކުދިންގެ ޕާކުގައި ހުރި ތަކެތި ސާފުކޮށް ބެލެހެއްޓުން.
  3. ބާސްކޫލް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. 2 ޗޭންޖިންރޫމް ފޮޅާސާފުކޮށް ބެލެހެއްޓުން.
  5. ފެންހަންތަކާ ހިނަވާގެ ފޮޅާސާފުކޮށް ބެލެހެއްޓުން.
  6. 6.     މަގުބައްތި ދަނޑިތައް ބެލެހެއްޓުން.
  7. ޤަބުރުސްތާނު ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން .            
  8. މީގެއިތުރުންވެސް ކައުންސިލުން އަންގާ ކަންތައްތައް ކުރުން.

މަޤާމުގެޝަރުޠުތައް:      

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • ލިބިފައިވާ ތަޢުލީމާ ތަޖުރިބާ އަދި އިންޓަރވިއުއަށް.

                    

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

        (ހ) މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓުފިކެޓުތަކުގެކޮޕީ

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

   (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއްހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން   50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު  5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ  5

އިންޓަވިއު                           40

މި މަޤާމަށް މީހުން ހޮވުމަށްކަނޑައަޅާފައިވާ ކްރައިޓީރިއާގެހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:   

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން%70 ލިބެން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:         

 ވަޒީފާއަށް އެދޭފޯމު ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮކްޓޯބަރު 2022 ވާ އަންގާރަ ދުވަހުގެ 13.00ގެ ކުރިން، ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:     

 މިމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު 26 އޮކްޓޯބަރު 2022 އާއި  08 ނޮވެމްބަރު 2022 އާ ދެމެދު އަނގޮޅިތީމު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް  ޙާޞިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:  

  • މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމަށް ގުޅުއްވާނީ 6580071 ނަންބަރ ފޯނަށެވެ.
17 އޮކްޓޫބަރު 2022
ހޯދާ