މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙުގެ ސްޓާފްރޫމަށް 10 ޓީޗަރސްކެބިން ޖަހަން ބޭނުންވެއްޖެ.

  1. މަދްރަސަތުލް އިފްތިތާޙުގެ ސްޓާފްރޫމަށް 10 ޓީޗަރސް ކެބިން ޖެހުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 އޮކްޓޯބަރ 17 ން 20 ގެ ނިޔަލަށް  މަދްރަސާއަށް ދުރުވެ ނުވަތަ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2022 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 10:30ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 އޮކްޓޯބަރ 24 ވަނަ ދުވަހުގެ 11:30ގައި މަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
  • ފޯން: 6620288
  • އީމެއިލް: [email protected]
17 އޮކްޓޫބަރު 2022
ހޯދާ