މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް ހޯދުން.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް މިއިދާރާއަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 01 (އެކެއް)

އުޖޫރަ:

  • 2 ފުރޮޅުލީ އުޅަނދަކަށް -/15 ރުފިޔަ (ފަނަރަ ރުފިޔާ)
  • އެހެނިހެން އުޅަނދުތަކަށް -/25 ރުފިޔާ (ފަންސަވިސް ރުފިޔާ)

ޝަރުތު:

  • ށ. މިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފަކަށް ނުވުން.
  • ލިޔަންކިޔަން އެނގުން.
  • ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • ހުށަހަޅާ ފަރާތުގެ ވަނަވަރު

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު  2022 އޮކްޓޯބަރ 23 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުންވުން އެދެމެވެ. އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

17 އޮކްޓޫބަރު 2022
ހޯދާ