މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންގެ ކެއުން ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިއުލާނު ނަންބަރ (IUL)94-Q/94/2022/33 ގައި ހިމެނިފައިވާ މަޢުލޫމަތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި ޢިއުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942022W-24

އަންދާސީ ހިސާބު ބޭނުންވެއްޖެ   

  1. މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންގެ ކެއުން ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިއުލާނު ނަންބަރ (IUL)94-Q/94/2022/33   ގައި ހިމެނިފައިވާ މަޢުލޫމަތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި ޢިއުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކުރަމެވެ.
  2. މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންގެ ކެއުން 2(ދޭއް) މަސް ދުވަހުގެ މުއްދަތަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 17 އޮކްޓޯބަރ 2022 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  5. ބީލަން ހުށައެޅުން އޮންނާނީ 26 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.  

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330470, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

17 އޮކްޓޫބަރު 2022
ހޯދާ