މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ ކުރެހުމާއި ޢިމާރާތްކުރުން

ޕްރޮޖެކްޓް ނަންބަރު PRO/308/2022/09

މިކައުންސިލްގެ ނަންބަރު (IUL)308/2021/78 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކައުންސިލުންދޭ ކޮންސެޕްޓާއި އެއްގޮތަށް ކައުންސިލްގެ އިދާރާގެ ޢިމާރާތް ކުރަހައި، މިކުރެހުމާއި އެއްގޮތަށް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިއިޢުލާނާއެކު ކޮންސެޕްޓް ކުރެހުން އެއްއުރަ ކޮށްފައިވާނެއެވެ.

ކައުންސިލް އިދާރާގެ ކުރެހުން ސެޓްގައި ހުންނަންޖެހޭ ސިފަތަކާއި ތަފްޞީލުތައް

  1. މި އިޢުލާނާއި އެއްފަތްކޮށްފައިވާ ކޮންސެޕްޓްގެ އަސްލު ނުގެއްލޭގޮތަށް ކައުންސިލް އިދާރާގެ ޢިމާރާތުގެ 2 ފްލޯ (ގްރައުންޑް އަދި ފަސްޓް) އާއި ޓެރަސް ފްލޯގެ އާކިޓެކްޗްރަލް އަދި ސްޓްރަކްޗަރަލް ކުރެހުންސެޓް ފުރިހަމަކުރުން.
  2. ޢިމާރާތުގެ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ކޮމްޕިއުޓަރ ނެޓުވޯކުގެ ތަފްސީލްކުރެހުންތަކާއި އަލިފާން ނިވާ ނިޒާމްގެ ތަފްސީލުތައް.
  3. ޢިމާރާތުގެ އެތެރެއާއި ބޭރުގައި ހަރުކުރާ ތަކެއްޗާއި ލާ ކުލަތަކުގެ ތަފްސީލް މަޢުލޫމާތުތައް.
  4. ބިމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، ގޯތިތެރޭގެ ބަގީޗާ ހައްދާ ސަރަޙައްދުތަކާއި ވަކިވަކި ގަސް އިންދާ ސަރަޙައްދުތައް.
  5. ބިލް އޮފް ކުއެންޓިޓީ (ބީ.އޯ.ކިއު) ތައްޔާރުކުރުން.
  6. ބިލް އޮފް މެޓީރިއަލްސް (ބީ.އޯ.އެމް) ތައްޔާރުކުރުން.
  7. ކުރެހުންތަކާއި ލިޔުންތަކުގައި މުއްދަތު ހަމަނުވާ، ހުއްދަ އޮތް އާކިޓެކްޗަރަލް ޗެކަރ އަދި ސްޓްރަކްޗަރަލް ޗެކަރ ތައްގަނޑުޖެހުން.

ޢިމާރާތްކުރުން

  1. ޢިމާރާތްކުރަން ކަނޑައަޅާފައިވާ ސައިޓް ސާފުކޮށް ސައިޓް ވަކިކުރުން.
  2. ސައިޓްގައި މަސައްކަތްކުރާ ކޮންޓްރެކްޓަރާއި ކުރާ މަސައްކަތުގެ ލޭއައުޓް ސައިޓް ބޭރަށް ފެންނާނެހެން ހަރުކޮށްފައިބެހެއްޓުން.
  3. ކުރެހުމާއި އެއްގޮތަށް ޢިމާރާތްކުރުމާއި ޢިމާރާތުގެ ހުރިހާ މަސައްކަތްތައް ނިންމައި ތަޅުތަނޑި ކައުންސިލާއި ޙަވާލުކުރުން.

ރަޖިސްޓްރީކުރުން

2022 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

  • ވިޔަފާރީގެ ނަން
  • ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  • ވެރިފަރާތުގެ ނަން
  • ވެރިފަރާތާއި ގުޅޭނެ ނަންބަރު
  • އީމެއިލް އެޑްރެސް

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2022 އޮކްޓޫބަރު 25 ވާ ހޯމަދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ރ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ކުރެހުމާއި ޢިމާރާތްކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  ކުންފުނީގެ ޕްރޮފައިލް

-  ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގެ ހުއްދަ

-  ތަޖުރިބާގެ ލިޔުންތައް

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

-  މަސައްކަތު ތާވަލު

  •  ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %85

-  މުއްދަތު

-  ތަޖުރިބާ %5

  1. 1،000،000.00 (އެއްމިލިޔަން) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
  2. 1،000،000.00 (އެއްމިލިޔަން) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
  3. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  4. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

a)  މިއިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ކޮންސެޕްޓަށް ކައުންސިލުން އެދޭ ބަދަލުތައް ގެނެސްދޭންވާނެއެވެ.

b)  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން  "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ.  އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

c)  މިމަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000.00  ދިވެހި ރުފިޔާ (ފަންސާސްހާސް(ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 100 (ސަތޭކަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީއަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއް ނުވަތަ އިންޝުރެންސް ކުންފުންޏެއް ނުވަތަ ފައިނޭސް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

d)  މިމަސައްކަތް ކާމިޔާބުކުރައްވާ ފަރާތަށް ބިޑް އެވާޑް ސިޓީ ފޮނުވާ ތާރީޚުން ފެށިގެން 28 (އަށާވީސް) ދުވަހުގެތެރޭގައި، މަސައްކަތުގެ ޕާފޯރމަންސް ގެރެންޓީގެ ގޮތުގައި ކޮންޓްރެކްޓްގެ (ދިހައެއް) އިންސައްތަ ހުށަހަޅުއްވަންވާނެއެވެ.

e)  ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

f)  މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 އޮކްޓޫބަރު 2022
ހޯދާ