މަޤާމް :
|
ބިޒްނަސް އެގްޒެކެޓިވް، ރިސަރޗް އެންޑް ޑިވެލޮޕްމަންޓް
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/9,710 ރުފިޔާ (ނުވަހާސް ހަތްސަތޭކަ ދިހަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/ 3,800ރުފިޔާ ( ތިންހާސް އަށްސަތޭކަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޑިވިޝަން/ސެކްޝަން/ޔުނިޓް
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް މެނެޖްމަންޓް ނުވަތަ ކޮމާރސް ނުވަތަ އިކޮނޮމިކްސް ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން މާރސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
- ބިޒްނަސް މެނެޖްމަންޓް ނުވަތަ ކޮމާރސް ނުވަތަ އިކޮނޮމިކްސް ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރައަކުން ބެޗްލަރސް ޑިގްރީ ހާޞިލްކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
|
- ކުންފުނީގެ އާމްދަނީގެ ބިންގާތައް ތަރައްގީކޮށް ފުޅާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އެކިއެކި ދިރާސާތައް ކުރުމާއި އެފަދަ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލަންޖެހޭ ޕްލޭންތަކާއި ކަރުދާސްތައް ތައްޔާރުކުރުން
- ޕޯސްޓަލް މާކެޓާއި ޕޯސްޓަލް އިންޑަސްޓްރީގައި ހުރި އިގްތިސާދީ ފުރްސަތުތައް ދެނެގަތުމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މައްޗަށް ޚިދުމަތްތަކަށާއި މަސައްކަތްތަކަށް ޒަމާނީ ބަދަލުތަކާއި އިނަވަޓިވް ސޮލިއުޝަންސް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- ޕްރެޒެންޓޭޝަން ސްކިލްސްހުރި ފަރާތަކަށްވުން
- އެކިއެކި ދިރާސާތައް ހެދުމުގެ ޤާބިލްކަން ހުރުމާއެކު ޕްރޮޖެކްޓް ޕްލޭންނާއި ޓެކްނިކަލް ކަރުދާސް ތައްޔާރު ކުރުމުގެ ޤާބިލްކަން ހުރުން
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
- އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
- އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
- ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|