މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުލޭގައި ހުރި "ސީ.އެންޑް.ޑީ ވޭސްޓް"ތަކެއް އުކައިލަދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 ހުޅުލޭގައި ހުރި "ސީ.އެންޑް.ޑީ ވޭސްޓް"ތަކެއް އުކައިލަދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     ހުޅުލޭގެ ދެސަރަހައްދެއްގައި ހުރި "ސީ.އެންޑް.ޑީ ވޭސްޓް" (ޢުމްރާނީ މަސައްކަތްތަކާއި ގުޅިގެން އުފެދޭ ކުނި) އަމިއްލަ ތަކެތީގައި އުކައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން 3,643 ޓަނުގެ ކުނި އުކާލަން ޖެހޭނެކަމަށް ލަފާކުރެވެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރު 23 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

16 އޮކްޓޫބަރު 2022
ހޯދާ