މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްމާރުކޭޓްގެ ބިން 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުން

މ.މަޑުއްވަރީގެ މަސްމާރުކޭޓްގެ ބިމާއި ( އުތުރު 70 ފޫޓް ، ދެކުނު 70 އަކަފޫޓް ، ހުޅަނގު 74 ފޫޓް ، އިރު 74 ފޫޓް – ޖުމުލަ 5180 އަކަފޫޓް ގެ ބިން ) އެ ބިމުގައި ކޮށްފައިވާ މަސްމާރުކޭޓް އިމާރާތް  30 އަހަރަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ބިލަން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ތަފުސީލް

ތާރީހު އަދި ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީވުން

16 އޮކްޓޯބަރު 2022 އިން 24 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް

ކަނޑައެޅިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 ގެ ނިޔަލަށް

މ. މަޑުއްވަރީ ކައުންސިލް އިދާރާ 

އޮންލައިންކޮށް ރަޖިސްޓަރ ކުރެއްވުމަށް :

https://bit.ly/3gdqZZN

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

04 ނޮވެމްބަރު 2022

13:10 އިން 13:15 އަށް

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

16 އޮކްޓޫބަރު 2022
ހޯދާ