ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ނަމްބަރ: IUL)244-CAA/244/2022/46

                           އިޢުލާން               

          މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މި އިދާރާއަށް 20 (ވިހި) ވޯޓަރ ޕިއުރިފަޔަަރ ފޯރޮކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          ކޯޓޭޝަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮކްޓޯބަރ 24 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކުރިން މި އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅުއްވާނަމަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

          މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2022 އޮކްޓޯބަރ 23 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 އޮކްޓޫބަރު 2022
ހޯދާ