މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮއިދޫ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިއަށް ބިމެއް ކުއްޔަށް ދޫކުރުން

(IUL)325-MS/325/2022/49އިޢުލާން ނަންބަރު:

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

              ތެލުގެ ވިޔަފާރިކުރުމަށްޓަކައި ، މިރަށުގެ ބަދަރު ސަރަޙައްދުން 1500 އަކަފޫޓޫގެ ބިމެއް ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ ، ބީލަމުގެ އުޞޫލުން މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން އަރުވަމެވެ.

              މި ބިމުގެ ބީލަންފޮތް 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުންފެށިގެން 02 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00 ން 12.00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 150.00 ( ސަތޭކަ ފަންސާސް ) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން https://forms.gle/aNMDCsitT2sLYxrNA މިލިންގައިވާ ގޫގުލް ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

               މި ބީލަމާބެހޭ މުޢާމަލާތްތައް  ކުރިޔަށް ގެންދާނޭގޮތް  މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ  23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ  10.00 އެވެ.

                         

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައި

ވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 6600005

16 އޮކްޓޫބަރު 2022
ހޯދާ