ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ތްރީ ސްޓަރ މަރްޔަމް ޝަހީމާގެ ގޯތީގެ އުތުރުފަރާތުން އަލަށް ހެދުމަށް ހަމަޖެހިފައިވާ މުގެގައި ހުރި އެކިފަރާތްތަކުގެ ރުއްގަހާއި ގުޅޭ

މިރަށު ތްރީ ސްޓާރ މަރްޔަމް ޝަހީމާގެ ގޯތީގެ އުތުރުފަރާތުން އަލަށް ހަދަން ހަމަޖެހިފައިވާ މަގުގައި ކަރަންޓާއި، ފެނާއިނަރުދަމާ، އެޅުމަށް އެމަގު ހަދަންބޭނުންވެއްޖެވެ. އެހެން ކަމުން އެމަގުގައި ހުރި އެކިއެކި ފަރާތްތަކުގެ ރުއްގަސް ނެގުމަށް ބޭނުންވެއެވެ.

ވީމާ، މިސަރަހައްދުގައި ހުރި ރުއްގަހުގެ މައުލޫމާތު 23 އޮކްޓޫބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރީން މިއިދާރާއަށް އަންގަވައި ދެއްވުންއެދެމެވެ. މިމަޢުލޫމާތު ނުދޭނަމަ ބެލެވޭނީ އެރުއްތަކުގެ ވެރިފަރާތެއް ނެތީކަމުގައެވެ. މި ރުއްތަކުގައި ހުންނާނީ މުށިކުލައިގެ ދަވާދުން ހިސާބުއަކުރުން ނަމްބަރު ޖަހާ ފާހަގަ ކުރެވިފައެވެ.   

*ރުއްގަހުގެ ތަފްސީލް

* ފޯދިފައި ( ބޮޑު ވަކަރުލާ ) 13 ދިވެހި ރުއް

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

17 ރަބީލް އައްވަލް 1444

13 އޮކްޓޫބަރު 2022

13 އޮކްޓޫބަރު 2022
ހޯދާ