މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދައުލަތުގެ ބަޖެޓްގެ މަޢުލޫމާތާއި ހާމަކުރުމުގެ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ކޮންސަލްޓަންސީ ދިނުމާއި ޤާއިމްކުރުން

ދައުލަތުގެ ބަޖެޓްގެ މަޢުލޫމާތާއި ހާމަކުރުމުގެ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ކޮންސަލްޓަންސީ ދިނުމާއި ޤާއިމްކުރުން

 

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2022/251 (8 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑްތައް ފުރިހަމަ ނުވާތީ އާއި އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ދައުލަތުގެ ބަޖެޓްގެ މަޢުލޫމާތު ހާމަކުރުމަށް ބޭނުންވާ ޕްލެޓްފޯމެއް ޤާއިމްކުރުމަށްޓަކައި ކޮންސަލްޓަންސީ ދިނުމާއި ޕްލެޓްފޯމް ޤާއިމްކުރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަދި މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ މެއިލް އެޑްރެހަށް 19 އޮކްޓޯބަރ 2022ވަނަ ދުވަހުގެ 14:00ގެ ކުރިން ލިޔުއްވުމުން 23 އޮކްޓޯބަރ 2022ވަނަ ދުވަހު ޖަވާބުތައް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޮކްޓޯބަރ 2022 ވާ އަންގާރ ދުވަހުގެ 13:30 އަށް ވަޑައިގެން ޓީ.އޯ.އާރގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.

ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected] އަދި [email protected]

 

13 އޮކްޓޯބަރ 2022

13 އޮކްޓޫބަރު 2022
ހޯދާ