މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

  1. މިރަށު މަސްޖިދުލްޙަޟާރާއަށް ތްރީފޭސް ކަރަންޓްލައި AC ހަރުކުރަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)322-M/322/2022/81 (28 ސެޕްޓެމްބަރ 2022) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށްވާތީ އަލުން މިމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 16 އޮކްޓޫބަރ 2022 ން 17 އޮކްޓޫބަރ 2022 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރ، ނޯޓުކުރާ ފަރާތް އަދި ގުޅޭނެ ފޯނުނަންބަރ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށް މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
  3. މިބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 އޮކްޓޫބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  5. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
13 އޮކްޓޫބަރު 2022
ހޯދާ