މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
"ރިވެލި ތަރި" މައުރަޒު 2022

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" މައުރަޒު ގެ ނަމުގައި، 2022 ނޮވެމްބަރު 14 އިން 15 އަށް މައުރަޒެއް ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

"ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، 2022 އޮކްޓޯބަރު 13 ވާ ބުރާސްފަތި ދުވަހުގެ  09:00ން ފެށިގެން،2022 އޮކްޓޯބަރު 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވައިލައިފީމެވެ. މި މައުރަޒުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުން "ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ 'ރިވެލި ތަރި' މައުރަޒު ހިންގުމުގެ އުސޫލު" ގައި ބަޔާންކުރާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

މި މައުރަޒުގައި ބައިވެރިވުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކައިދޭ 'ރިވެލި ތަރި' މައުރަޒުގެ ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާ އެކީ ތިރީގައި މިވާ ތަކެތި ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަވީކަމަށް ބެލެވޭނީ ތިރީގައިވާ ލިޔެކިއުންތައް ހުށަހެޅުމުންނެވެ.

  • (ހ) ފޯމު ހުށަހަޅާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • (ށ) މައުރަޒުގައި ބައިވެރިކުރާ އުފެއްދުމުގެ ފޮޓޯ އަދި ވީޑިއޯ (ފޯމު ހުށަހަޅާ މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރ ޖަހައި)

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 އޮކްޓޯބަރު 13 ވާ ބުރާސްފަތި ދުވަހުގެ 09:00ން ފެށިގެން،2022 އޮކްޓޯބަރު 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.

  • އީމެއިލް ކުރާނަމަ ފޮނުވާނީ، [email protected] އަށެވެ.
  • ފޯމު ފުރިހަމަ ކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ކައުންޓަރަށެވެ.

ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ކައުންޓަރަށް ހުށަހަޅާނީ، 2022 އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެން 2022 އޮކްޓޯބަރު 30 ވަނަ ދުވަހުގެ ނިޔަލަށް،ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، މި މުއްދަތުގެ ތެރޭގައި ހުރިހައި ދުވަހެއްގައި ވެސް ހުށަހެޅޭނެއެވެ.

މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ނޮވެމްބަރު މަހުގެ 02 ވަނަ ހަފުތާގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މި މިނިސްޓްރީ އިން ގުޅައި މިކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސަކުރެވޭނެއެވެ.   

 

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  (ސީޓްރެކް ބިލްޑިންގް، 7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓްwww.gender.gov.mv  އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ.

 

13 އޮކްޓޫބަރު 2022
ހޯދާ