ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ފެލިދޫ ރައްޔިތުންގެ (BOBCAT) ބްރޭންޑް، S130 މިނީލޯޑަރ ފުރޮޅުގެ 4 ޓިއުބްލެސް ޓަޔަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ވ.ފެލިދޫ ރައްޔިތުންގެ (BOBCAT) ބްރޭންޑް، S130 މިނީލޯޑަރ ފުރޮޅުގެ 4 ޓިއުބްލެސް ޓަޔަރ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ފެލިދޫ ކައުންސިލުގެ އިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700720 ނުވަތަ 7411821 އަށެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކޮންމެ އައިޓަމެއްގެ އަގު ވަކިން އެނގޭނޭހެން ހުށަހެޅުއްވުން.
  • ޖީ.އެސް.ޓީއަށް ވާ އަގު ވަކިން އެނގޭނޭހެން ޖުމުލަ އަގު ހުށަހެޅުއްވުން.
  • އަންދާސީހިސާބުގައި ޕޭމަންޓް ޓާރމް ބަޔާންކޮށްފައި އޮށްނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

ހުށަހެޅޭ އަގުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:

  • 70 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 20 ޕޮއިންޓް ވޮރަންޓީއަށް (އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް މުއްދަތަށް (އެންމެ އަވަހަށް ތަކެތި ފޯރުކޮށްދެވޭނެ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީހިސާބު ހުށަހެޅުން

  • އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓިއުރައިގެ ބޭރުގައި "ވ.ފެލިދޫ ރައްޔިތުންގެ (BOBCAT) ބްރޭންޑް ސްކިޑް ސްޓީއަރ ވެހިކަލް ފުރޮޅުގެ 4 ޓިއުބްލެސް ޓަޔަރ ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަންބަރު 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

09 މުޙައްރަމް 1436

02 ނޮވެންބަރު 2014
ހޯދާ