ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 އެސިސްޓެންޓް ރޯޑް ކޮންސްޓްރަކްޝަން އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 05

މުސާރަ:

 މަހަކު 5000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2000.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ގްރޭޑް 10 ނިންމާފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސައިޓުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށްދާ ކަން ކަށަވަރުކޮށް، ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރުން.

- ސައިޓުތަކުގައި މަސައްކަތްކުރާ  މުވައްޒަފުންގެ ހާޟިރީއާއި ގުޅޭ އެންމެހާ ކަންކަންކުރުން

- ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިވެލުއޭޝަން ފޯމުތަކާއި ގުޅޭ އެންމެހާ ކަންކަންކުރުން

- ރޯޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމެންޓްގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތް ތާވަލުކޮށް ތައްޔާރުކުރުން

- ޑިޕާޓުމެންޓުގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަށް ތައްޔާރުކުރުމުގައި އެހީތެރިވުން

- ޑިޕާޓްމެންޓްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

- ޑިޕާޓްމެންޓުން ފޮނުވަން ޖެހޭ ސިޓީ އަދި މިނޫންވެސް ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން

- ސައިޓްތަކުގެ މަސައްކަތައް ކުރިއަށްދަނީ ކަޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައްކަން ކަށަވަރުކުރުން

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 ރަބީޢުލް އައްވަލް 1444  

12 އޮކްޓޫބަރު 2022
ހޯދާ