މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލީ ބަނދަރު ސަރަހައްދުގައި 2 ކުޑަ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބަނދަރު ސަރަހައްދުގައި 2 ކުޑަ ޖަހައިދޭނެ ފަރާތެއް ހޯދުން

   މިރަށު އިއްޒުއްދީން ޕާރކުގެ ހުޅަނގުން ބަނދަރުމަތީގައި 2 ކުޑަ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ އެތަނުގައި ޖަހާނެ 2 ކުޑަ މިކައުންސިލުން ދިނުމުން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި).

19 އޮކްޓޯބަރ 2022

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން. (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި)

25 އޮކްޓޯބަރ 2022

އަންގާރަ

11:00

ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް: %80 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  2. މަސައްކަތުގެ ތަޖުރިބާއަށް: %20 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).

 ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

12 އޮކްޓޫބަރު 2022
ހޯދާ