މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލު

މި އުސޫލަކީ، ޤާނޫނު ނަންބަރ 1/2020 ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ ދަށުން، 01 ޖޫން 2022 ގައި ފާސްކޮށްފައިވާ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައިވާ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓްގެ 31 ގޯތި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލްގެ ދަށުން، އެ ގޯތިތައް ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލެވެ. 

(ހ)

 

1. ތައާރަފް

މި އުސޫލަށް ކިޔާނީ " ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލު" އެވެ.

(ށ)

 

 

 

 

 

 

މި އުސޫލުގެ މަޤްޞަދަކީ، އިންނަމާދޫ ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުން  ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމުގައި ދެފުށް ފެންނަ، އިންސާފުވެރިކަމާއެކު، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމާއެކު، އިތުބާރުހިފޭ، ނަޒާހަތްތެރި ކޮމެޓީއެއް އެކުލަވާލުމެވެ.

 

 

2. މަޤްޞަދު

 

 

 

 

ކޮމެޓީގެ އުމުރަކީ، ކައުންސިލްއިން ކޮމެޓީ އުފައްދާ ގަރާރު ފާސްކުރެވޭ ތާރީޙުން ފެށިގެން، ކޮމެޓީއާއި މަތިކުރެވޭ މަސައްކަތް ނިންމާ ކައުންސިލްއާއި ހަވާލުކުރެވޭ ތާރީހާއި ހަމައަށެވެ.

 

 

3. ކޮމެޓީގެ އުމުރު

 

 

 

 

ކޮމެޓީގެ ރަސްމީ މަސައްކަތް ކުރާ އިދާރާއަކީ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިން ނިންމާ ތަނެކެވެ.

 

 

4. ކޮމެޓީގެ އިދާރާ

ކޮމެޓިގައި ހިމެނޭނީ ޖުމްލަ 10 މެންބަރުންނެވެ.

ކޮމެޓީ އަށް މެންބަރުން އައްޔަންކުރާނީ ތިރީގައިވާ ދާއިރާތަކުންނެވެ.           

(1)      02 (ދޭއް) ކައުންސިލް މެންބަރުން (ރ. އިންނަމާދޫ ކައުންސިލްގެ ރައީސް އަދި 01 މެންބަރު)

(2)      ރ. އިންނަމާދޫގެ އާންމު ރައްޔިތުން ތަމްސީލް ކުރާ 02 (ދޭއް) މެންބަރުން

(3)      ރ. އިންނަމާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލުން ކަނޑައަޅާ ރ. އިންނަމާދޫ ކައުންސިލް އިދާރާގެ މުވައްޒަފެއް.

(4)      ރ. އިންނަމާދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ތަމްސީލް ކުރާ 01 (އެކެއް) މެންބަރު.

(5)      ރ. އިންނަމާދޫ ޙެލްތް ސެންޓަރު ތަމްޞީލްކުރާ 01 (އެކެއް) މެންބަރު.

(6)      ރ. އިންނަމާދޫ ސުކޫލް ތަމްޞީލްކުރާ 01 (އެކެއް) މެންބަރު.

(7)      ރ. އިންނަމާދޫ ފެނަކަ ތަމްޞީލްކުރާ 01 (އެކެއް) މެންބަރު.

 

(ހ)

(ށ)

 

5. ކޮމެޓީ އެކުލެވިގެންވާގޮތް

މެންބަރުން އިންތިހާބުކުރުމަށްޓަކައި އެކަމަށް އެދި ހުށައެޅުމަށް އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ހ)

 

 

 

 

 

6. އާންމު ރައްޔިތުންގެތެރެއިން މެންބަރުން އިންތިހާބުކުރުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އާންމު ބައްދަލުވުމަކުން، 1 މެންބަރު އައްޔަންކުރަންވާނެއެވެ.

(ހ)

 

 

 

7. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މެންބަރަކު އިންތިހާބުކުރުން

ވިލަރެސް ކުރާ ކޮމެޓީގެ ބައްދަލުވުންތަކަށް މެންބަރުންނަށް ކިޔަންވާނީ ލިޔުމުން، ނުވަތަ ކޮމެޓީއިން ނިންމާ އެހެންވެސް ޒަރީއާއެއް މެދުވެރިކޮށެވެ (އިލެކްޓްރޯނިކް މީޑިއަމް).

ކޮމެޓީއިން ނިންމާ ނިންމުންތައް ނިންމަންވާނީ، ކޮމެޓީގެ އާންމު ބައްދަލުވުމެއްގައި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ބައްދަލުވުންތައް ބާއްވަންވާނީ، އާންމުން ބޭނުންވެއްޖެނަމަ، ބައްދަލުވުންތައް އަޑު އަހަން ވަދެވޭގޮތަށެވެ.

ބައްދަލުވުން ބޭއްވުމުގެ 48 ގަޑި އިރު ކުރިން، ބައްދަލުވުމުގެ އެޖެންޑާ އާންމުކުރަންވާނެއެވެ.

ބައްދަލުވުމުގެ ކޯރަމްއަކީ މަދުވެގެން 6 މެންބަރުންނެވެ.

ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބަލަހައްޓާ، ފާސްކުރަންވާނެއެވެ. ބައްދަލުވުމުގެ، އިދާރީ އެންމެހާ މަސައްކަތްކުރާނީ ކައުންސިލް އިދާރާއިންނެވެ.  

(ހ)

 

(ށ)

 

(ނ)

 

(ރ)

(ބ) (ޅ)

 

8. ކޮމެޓީގެ ބައްދަލުވުންތައް

 

 

 

 

މައިގަނޑު ގޮތެއްގައި ކޮމެޓީއިން ނިންމާ ނިންމުންތައް، ކޮމެޓީއިން އެހެން ގޮތަކަށް ނުނިންމާ ހިނދަކު، ތަންފީޒުކުރަމުން ގެންދާނީ ކައުންސިލް އިދާރާއިންއެވެ.

ކޮމެޓީއިން، ނިންމާ ނިންމުންތަކުގެ އިދާރީ މަސައްކަތް ތަންފީޒުކުރުމަށްޓަކައި، ކައުންސިލް ބިއުރޯ މެދުވެރިކޮށް ކައުންސިލްއަށް ހުށައަޅަންވާނެއެވެ.

(ހ)

 

(ށ)

 

9. ކޮމެޓީގެ މަސައްކަތް ރާވާހިންގުން

 

 

 

 

ކޮމެޓީގެ ރިޔާސަތު ބަލައްޓާނީ މުގައްރިރެވެ.

އެއްވެސް ސަބަބަކާއިހުރެ، ކޮމެޓީގެ މުގައްރިރަށް ރިޔާސަތު ނުބެލެހެއްޓޭނަމަ، ރިޔާސަތު ބަލަހައްޓާނީ ނައިބު މުގައްރިރެވެ.

މުގައްރިރު އަދި ނައިބު މުގައްރިރު ރިޔާސަތު ބެލެހެއްޓެން ނެތްހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސްއެވެ.

(ހ)

(ށ)

 

 

10. ކޮމެޓީގެ ރިޔާސަތު

 

 

 

 

ކޮމެޓީގެ މެންބަރުން އިންތިހާބުވެ، ބޭއްވޭ ފުރަތަމަ ބައްދަލުވުމުގައި، ކޮމެޓީގެ މުގައްރިރު އަދި ނާއިބު މުގައްރިރު އިންތިހާބު ކުރަންވާނެއެވެ.

މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސްއެވެ.

މުގައްރިރު އަދި ނައިބު މުގައްރިރު އިންތިހާބުކުރާނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އާންމު ބައްދަލުވުމުގައި އެކަމަށް އެދި ހުށައަޅާ ނަންތަކަށް ވޯޓުދީގެންނެވެ.

މުގައްރިރު އަދި ނައިބު މުގައްރިރު އިންތިހާބުކުރާނީ، ކޮންމެ މަޤާމެއް ވަކީން ނެގޭ ސިއްރު ވޯޓަކުންނެވެ.

(ހ)

 

(ށ)

 

(ނ)

 

(ރ)

 

11. މުގައްރިރު (ޗެއަރޕާރސަން)

ކޮމެޓީގެ މުގައްރިރުގެ އިތުބާރު ނެތްކަމަށް ފެނިއްޖެނަމަ، އިތުބާރު ގެއްލުނު ސަބަބު ބަޔާންކޮށް،  ކޮމެޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 6 މެންބަރުންގެ ސޮއިކޮށް އެޖެންޑާ ކޮށްދިނުމަށް ހުށައަޅަންވާނެއެވެ.

މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން ހުށައަޅާތާ ގިނަވެގެން 48 ގަޑި އިރުތެރޭ އެ ބައްދަލުވުން ބޭއްވުމަށް މެންބަރުންނަށް ނޯޓިސް ފޮނުވަންވާނެއެވެ.

މުގައްރިރުގެ އިތުބާރުނެއްކަމަށް ފާސްވާނީ، ކޮމެޓީގެ ޖުމްލަ މެންބަރުންގެ ތެރެއިން 6 މެންބަރުންގެ ވޯޓް ލިބިގެންނެވެ.

މި މާއްދާގެ (ނ)ގެ ދަށުން މުގައްރިރު މަޤާމުން ދުރުކުރެވިއްޖެނަމަ، އެ ވަގުތުން ފެށިގެން 48 ގަޑި އިރު ތެރޭ މުގައްރިރަކު އިންތިހާބުކުރުމަށްޓަކައި އާންމު ބައްދަލުވުމެއް ބާއްވާ، މުގައްރިރަކު އިންތިހާބުކުރަންވާނެއެވެ.

 

(ހ)

 

 

(ށ)

 

(ނ)

 

(ރ)

 

12. މުގައްރިރުގެ އިތުބާރުނެއްކަމުގެ ވޯޓްނެގުން

ކޮމެޓީގެ މެންބަރު ކަމުން މެންބަރަކު ވަކިވާން އެދި އިސްތިއުފާގެ ސިޓީ ކޮމެޓީއަށް ހުށައެޅުމުން، ސިޓީ ލިބޭ ތާރީހުން ފެށިގެން އެ މެންބަރަކު މެންބަރު ކަމުން ވަކިވާނެއެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވިއަސް މި އުސޫލުގެ 5 ވަނަ މާއްދާގެ (1) ވަނަ ނަންބަރގައި ވާ ދާއިރާއިން ކޮމެޓީއަށް އައްޔަންކުރާ ކައުންސިލް މެންބަރުން އިސްތިސްނާވާނެއެވެ.

ކޮމެޓީގެ މެންބަރަކު ޒަރޫރީ ސަބަބަކާއި ނުލައި ވިދިވިދިގެން 3 ބައްދަލުވުމަށް ހާޒިރުނުވާނަމަ، ކޮމެޓީއިން ވަކި ކުރުމަށް މުގައްރިރު ކޮމެޓީއަށް ހުށައަޅަންވާނެއެވެ.

މި މާއްދާގެ (ނ) ގެ ދަށުން މެންބަރަކު ވަކިކުރެވޭނީ، އެ ބައްދަލުވުމެއްގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ. ކޮމެޓީގެ މެންބަރަކު އިސްތިއުފާދީފިނަމަ، ނުވަތަ ވަކިކޮށްފިނަމަ، އެ މެންބަރަކު ނިސްބަތްވާ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

(ހ)

 

(ށ)

 

 

(ނ)

 

(ރ)

 

13. މެންބަރުކަމުން ވަކި ކުރުން

މި މާއްދާގެ (ނ)ގައި ބަޔާންކުރާ ޒަރޫރީ ސަބަބެއްކަމުގައި ބަލެވޭނީ؛

(1)   މެންބަރު ނުވަތަ މެންބަރުގެ ޒިންމާގެ ދަށުން ބަލަހައްޓަންޖެހޭ ފަރާތެއް ބަލިވުން

(2)   މެންބަރު ނުވަތަ މެންބަރުގެ ޒިންމާގެ ދަށުން ބަލަހައްޓަންޖެހޭ ފަރާތެއް ބަލިވުމުގެ ސަބަބުން ސިއްހީ ފަރުވާ ހޯދުމުގެ މަޤްޞަދުގައި ރަށުން ބޭރަށް ދާންޖެހުން.

(3)   މެންބަރު އަދާކުރާ ވަޒީފާއެއްގެ ސަބަބުން، ނުވަތަ ވަޒީފާގައި އަދާކުރަންޖެހޭ ޒިންމާއެއްގެ ސަބަބުން ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވުން. މިފަދަ ހާލަތްތަކުގައި، ބައްދަލުވުން ފެށުމުގެ 15 މިނެޓް ކުރިން މުގައްރިރައް ފޯނުން ގުޅައި ނުވަތަ މެސެޖްކޮށް ސަބަބު ބަޔާން ކުރަންވާނެއެވެ.

 

(ބ)

 

 

ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތެއްގެ މަސްލަހަތު ހިމެނޭ މެންބަރެއް ކޮމެޓީގައި ހިމެނޭނަމަ، އެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގަމުންދާ ބައްދަލުވުމުމަކުން އެ މެންބަރަކު ތަނާޒުލުވާން ވާނެއެވެ.

މެންބަރުންގެ މަސްލަހަތު ފުށުއަރާކަމުގައި ބެލެވޭނީ އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަމެއްގައި އަންނަނިވި ހާލަތްތައް މެދުވެރިވާނަމައެވެ.

(1)    މެންބަރުގެ އަމިއްލަ މަސްލަހަތު އެކުލެވޭ މައްސަލަތައް

(2)    މެންބަރުގެ މަންމަ، ބައްޕަގެ މަސްލަހަތު އެކުލެވޭ މައްސަލަތައް

(3)    މެންބަރުގެ އަނބިމީހާ/ފިރިމީހާ، އަދި ދަރީންގެ މަސްލަހަތު އެކުލެވޭ މައްސަލަތައް

(4)    މެންބަރުގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު އެކުލެވޭ މައްސަލަތައް

 

(ހ)

 

 

(ށ)

 

14. ތަނާޒުލުވުން

ރ. އިންނަމާދޫ ކައުންސިލުން ދޫކުރަން ނިންމާފައިވާ 31 ގޯތި ދޫކުރުމުގައި، ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި، އެންމެ އިންސާފުވެރިކަމާއި އެކު، އެންމެ ޒަރޫރީ ވެފައިވާ ފަރާތްތައް ފާހަގަކުރުމަށް އަންނަނިވި މަސައްކަތްތައް ރާވައި ހިންގުން:

(1)    ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ މަސައްކަތް ކުރުން

(2)    ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅާ ފަރާތް ތަކުން ޝޯޓްލިސްޓް ކުރެވުނު ފަރާތްތައް އާންމުކުރުން ޝަކުވާތައް ބަލައި، ޖަވާބުދިނުން.

(ހ)

 

 

 

15. މެންބަރުންގެ މަސްއޫލިއްޔަތު

(3)    ގޯތިހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ރާވާހިންގުން.

(4)    އެއްކުރެވޭ މައުލޫމާތު ޔަޤީންކޮށް ކަށަވަރު ކުރުން.

(5)    ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ އާންމުކުރުން.

 

 

 

 

 

 

 

މި އުސޫލުގައި އިބާރާތެއް ހިމަނާފައި ވާގޮތް ނޫން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ބަސްބަސް، ބޭނުން ކުރާނީ،  ޤާނޫނު ނަންބަރ 1/2020 ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގައި ބޭނުންކޮށްފައިވާ ގޮތުގެ މަތިން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

"ކޮމެޓީ" ކަމަށް ބުނެފައި އެވަނީ،  މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓްގެ، 31 ގޯތި ދޫކުރުމުގެ މަސައްކަތް ހިންގާ، އެ ގޯތިތައް ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމެޓީއެވެ.

"ގޯތި" ކަމަށް ބުނެފައިއެވަނީ، 2000 އަކަފޫޓްގެ ބިމުގެ ސަރަހައްދަށެވެ.

"ކައުންސިލް އިދާރާ" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާއެވެ.

(ހ)

 

16. މާނަކުރުން

 

 

 

 

މި އުސޫލަށް އަމަލުކުރަންފަށާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއް ނުވަތަ ކުއްލި ބައްދަލު ވުމެއްގެ އަގުލަބިއްޔަތުން ފާސްކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ.

 

 

17. އަމަލުކުރުން

 

 

12 އޮކްޓޫބަރު 2022
ހޯދާ