ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-369677

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހދ. ނެއްލައިދޫ ޞިއްޙީ މަރުކަޒު

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

3.  ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.

4.  ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކި ކަންކަމު އަންނަ މީހުންނަށް މަރުޙަބާ ކިއުމާއިއެކު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުމާއި ހިނިތުންވުމާއި، އޯގާތެރިކަމާއިއެކު ކޮންމެ މީހަކާއިވެސް ބައްދަލުކުރުން އަދި އެފަރާތުގެ  ބޭނުން ރަނގަޅަށް އޮޅުންފިލުވައިދީ، އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ، ޔަޤީން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފޯނުން ލިބޭ މެސެޖް ނޯޓްކޮށް އަވަހަށް އެފަރާތްތަކަށް ރައްދުކުރުމާއި، އޯޕީޑީ އިން ޢާންމުކޮށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ ހެދުން.
  2. ފަރުވާހޯދުމަށް އަންނަ ކޮންމެ މީހަކަށް އެކަމާގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ލަސްނުވެ ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  3. ހުރިހާ ޝިފްޓެއްގެ ޑިޔުޓީތައް ހިނގާ ނުހިނގާގޮތް ރެންޑަމްކޮށް ސުޕަވައިޒްކޮށް މައްސަލަތައް ދެނެގަނެ ހައްލު ހޯދަން މަސައްކަތްކުރުން އަދި އިދާރާއާއި ހިއްސާ ކުރަމުން ގެންދިޔުން.
  4. ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ އޭރިޔާ އަދި އެ އޭރިޔާގައި ހިމެނޭ އެންމެހާ ތަކެތީގެ ޗެކްލިސްޓްހަދާ ގަވާއިދުން އެތަކެއްޗާއި ތަންތަން ޗެކްކޮށް ފައިލް ކުރުން.   
  5. ޚިދުމަތް ދިނުމަށް ބޭނުން ކުރެވޭ މެޝިނަރީސް، އިކުއިޕްމެންޓް ފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯބެލުން، އަދި އެފަދަ ތަކެތީގައި މައްސަލައެއް އުޅޭނަމަ ވަގުތުން އިދާރާޔަށް އަންގާ ހައްލުހޯދަން މަސައްކަތް ކުރުން.
  6. މެޑިކަލް ކޮންސިޔުމަބަލް އަދި ރީއެޖެންޓްގެ ސްޓޮކް ބަލާ މަދުވާތަކެތީގެ ރިކުއެސްޓް ހަދާ އިދާރާއަށް ފޮނުވުން.
  7. އާސަންދައިގެ ދަށުން އަދި އެހެނިހެން ގޮތްގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ނަގަންޖެހޭ ފައިސާ ނެގުމާއި، ބިލްތަކާއި ރިޕޯރޓްތައް ތައްޔާރުކުރުން.
  8. ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް އަޑުއަހައި ހައްލުކޮށްދިނުން.
  9. ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާއިރު ވެއިޓިންގ ގައި ތިބޭ މީހުންނަށް އެއްވެސް ކަހަލަ މައްސަލައެއް ދިމާވޭތޯ ބެލުމާއި ޑޮކްޓަރ އިންނަވާ ކޮޓަރީގައި ނެތް ނަމަ ވީގޮތެއްބަލައި ކިޔުގައި ތިބި މީހުންނަށް އެމަޢުލޫމާތު ދިނުމާއި އެކަންތައްތައް ބެލެހެއްޓުން.
  10. ޑިއުޓީގައި ދިމާވާ މައްސަލަތައް ޤަވާއިދުން ނޯޓްކޮށް ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށްފަހު، ހައްލުނުކުރެވޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ގެންދިއުން.
  11. ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު އަދި ހިދުމަތްހޯދަން އަންނަ ފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް މަސައްކަތްކުރުން.
  12. ހާލުދެރަ ބަލިމީހަކު ޞިއްޙީމަރުކަޒަށް ގެންނަން ވެއްޖެނަމަ ނުވަތަ ބަލިމީހަކު އަންނަކަމުގެ މަޢުލޫމާތު ލިބުމުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބަލި މީހާއަށް އަވަހަށް ފަރުވާ ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  13. ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޢާއްމު މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި، ނިޝާންތައް ފެންނާނޭހެން ބެހެއްޓުމާއި، ޙަވާލުކުރަންޖެހޭ ލިޔުންތައް ނުވަތަ މަޢުލޫމާތު ފޯރުކޮށް ދިނުން.
  14. ޞިއްހީ މަރުކަޒަށް އަންނަ ކޮންމެ މީހަކާއި ނުވަތަ ފޯނުންގުޅާ ކޮންމެމީހަކާއި ބައްދަލުކޮށް އިހުތިރާމާއި އެކު މެހެމާން ދާރީ އަދާކުރުމާއި އޭނާގެ ބޭނުމަށް އެކަށީގެންވާ ގޮތުގެމަތީން ޖަވާބުދީ އަވަސްކޮށް ކަންކަން ނިމިގެންދާނެ އިންތިޒާމު ހަމަޖެއްސުން.
  15. ހިތްހަމަޖެހޭގޮތެއްގެ މަތީން ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރުމާއި، އިޙްތިރާމާއި އޯގާތެރިކަން އެމިހަކާއި މެދު ބެހެއްޓުމާއި، އަވަސްކޮށް ހަލުއިކޮށް ޚިދުމަތްފޯރުކޮށް ދިނުމަށް މަސައްކަތްކުރުން.
  16. މީހަކު ބޭނުންވާކަމެއް ވަގުތުން ކޮށްނުދެވޭނަމަ ނުވަތަ ލަސްވާނަމަ، ޚިދުމަތް ލިބިގަތުމަށް މަޑުކުރާ މީހެއްގެ ކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމީހަކަށް ލިބޭނެގޮތް ހަމަޖެއްސުން.
  17. ވަގުތުން ފަރުވާ ދޭންޖެހޭ ސީރިއަސް ބަލިމީހެއްނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމާއެކު ނަރުހުންގެ ޝިފްޓް އިންޗާޖަށް އެންގުން، މެޑިކަލް އޮފިސަރަށް އެންގުން، ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި ފަރާތައް އެންގުން، އެންބިއުލާންސް ތައްޔާރު ކުރުވާ އެބަލިމީހަކު ބަލާ ފޮނުވުން، އެޓެންޑެންޓުން ތައްޔާރަށް ބޭތިއްބުން.
  18. ޑޮކްޓަރުންނާ ނަރުހުންނާ މިނޫންވެސް ޑިއުޓީ މުވައްޒަފުންގެ ޑިއުޓީރޯސްޓާތައް ފަސޭހައިން ޑިއުޓީ އެނގޭގޮތަށް ބެހެއްޓުމާއި ޑޮކްޓަރުންގެ ޑިއުޓީ ރޭވިފައިވާގޮތް ޑިއުޓީރޯސްޓަރަށްބަލާ މަޢުލޫމާތު ދިނުން. އަދި ކްލިނިކަލް އޭރިޔާގެ އެއްމެހާ ކަންކަން ޒިންމާދާރުކަމާއެކު ބަލާ ހައްލުހޯދައިދީ އެކަންކަން އިދާރާޔާ ހިއްސާކުރަމުން ގެންދިޔުން.
  19. ޝިފްޓް އުޞޫލުން ޑިއުޓީ އަދާކުރުމާއި، ޝިފްޓް ޑިއުޓީގައި ޙާޟިރީ ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރުން. އަދި އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑިތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން.
  20. ރިސެޕްޝަން ނުވަތަ ކަސްޓަމަރ ސާވިސް އޭރިއާގެ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރުމާއި ރިސެޕްޝަން އޭރިޔާގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  21. ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށް އޯޕީޑީ / އައިޕީޑީ ގައި ބަލިމީހާ ބުނާ ވާހަކަ ޑޮކްޓަރަށާއި ބަލިމީހާއަށް އޮޅުން ފިލުވައި ދިނުން. އަދި ޑޮކްޓަރު ބުނުއްވާ ވާހަކަ ބަލިމީހާއަށް ތަރުޖަމާ ކޮށްދިނުމާއި ބޭސްސިޓީ ލިޔުމުގައި އާއި ލިޔެފައިވާ ބޭސްސިޓީ ބަލިމީހާއަށް ސާފުކޮށް ކިޔައި ދިނުން.
  22. ވަޒީފާގެ ގޮތުން މުވައްޒަފަށް އެނގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ސިއްރުތަކާއި ތަފާތު ކަންކަން އާއްމުންނަށް ހާމަނުކުރުން.
  23. މަސައްކަތަށާއި ވެރިންނަށް އިޙްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި އިދާރީ ބައިން އަންގަވާ ކަންތައްތައް ކުރުން.
  24. މެޑިކަލް ރެކޯރޑް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި، ޑެއިލީ އަދި މަންތްލީ ރިޕޯރޓްތައް ތައްޔާރުކުރުމުގައި ބައިވެރިވުމާއި މެޑިކޯ ލީގަލް ރިޕޯރޓް ތައްޔާރު ކުރުމާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ސްޓެޓިސްޓިކްސް ތައްޔާރުކުރުން.
  25. ޞިއްޙީ މަރުކަޒުން ޚިދުމަތްހޯދާ ހުރިހާ ފަރާތްތަކަށް އާސަންދައާއި އެހެނިހެން އިންޝުއަރެންސް ސްކީމްތަކުގެ ޚިދުމަތް ޤަވާއިދާ އެއްގޮތަށް ދިނުން. އެފަރާތްތަކަށް ހަދަންޖެހޭ ބިލްތައް އަދި އިންވޮއިސް ހެދުމާއި އެފައިސާ ހޯދުމަށް މަސައްކަތް ކުރުމާއި، އަގުނެގުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް އަގުނެގުމާއި، ލިބޭ ފައިސާ ބަލައި ގަތުމާއި، ރަސީދު ހެދުމާއި، އާމްދަނީ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ލިޔެކިޔުންތައް ރެކޯރޑް ކުރުމާއި، އާމްދަނީ ފައިސާއާއި ގުޅޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ޤަވާއިދުން ފޮނުވުން.
  26. ޙާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މަރުކަޒުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  27. ސިއްޙީ އެމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  28. މީގެ އިތުރުންވެސް ސެކްޝަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި އޮފީހުގެ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަގާމުގެ ތައުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން  (ޕްރެފަރޑް ޑިސިޕްލިންގ)

ބިޒްނަސް މެނޭޖްމަންޓް   (ޕްރެފަރޑް ޑިސިޕްލިންގ)

ކަސްޓަމަރ ކެއަރ (ޕްރެފަރޑް ޑިސިޕްލިންގ)

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން (ޕްރެފަރޑް ޑިސިޕްލިންގ)

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނެއްލައިދޫ ސިއްހީ މަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://bit.ly/3bRYKdR
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: %30 )
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: )
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: )
  4. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: )
  5. އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: %20 )
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: %35 )

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިންސައްތަ އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 އޮކްޓޫބަރު 2022 އާއި 21 ނޮވެންބަރު 2022 އާ ދެމެދު، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޓިންގ ރޫމް (އިދާރީ އޮފީސް ފުރަތަމަ ފަންގިފިލާ) ގައެވެ. އަދި އިމްތިޙާން އޮންނާނީ، 21 އޮކްޓޫބަރު 2022 އާއި 21 ނޮވެންބަރު 2022 އާ ދެމެދު، ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520547 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

12 އޮކްޓޫބަރު 2022
ހޯދާ