ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ މާސްޓަރސް އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ ކޯހުގެ ތިރީގައި މިދަންނަވާ މާއްދާގެ ސްޓަޑީގައިޑް ދިވެހިބަހުން ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2014/42)ފ(21 އޮކްޓޫބަރު 2014) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އެމަސައްކަތަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 9 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ލިޔަން ބޭނުންވާ މާއްދާއަކީ:

  • ޝަރީޢާ އެންޑް ޕޮލިސީ މޭކިންގ

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

5 މުޙައްރަމް 1436

29 އޮކްޓޫބަރު 2014
ހޯދާ