މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް އެއަރފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ