މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން


                                                                  ނަންބަރު:(IUL)101-AS/1/2022/241   

އިޢުލާން

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)101-AS/1/2022/227 (29 ސެޕްޓެމްބަރ 2022) އިޢުލާނާ ގުޅިގެން ކުރިއަށް ގެންދެވުނު ނީލަން ކިއުމުގައި ބައިވެރިވެލެއްވި އެއްވެސް ފަރާތުން ތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިކަން ފައުޅު ކުރައްވާފައި ނުވާތީ އަލުން އެތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ

  1. ނީލަން ކިޔަން ހަމަޖެހިފައިވާތަން : ވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރަސްޓްރްކްޗަރ (އަމީނީ މަގު) އިމާރާތުގެ ގޯތިތެރޭގައި
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި
  3. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 332-3668

 

މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:30  ގައި މަތީގައި ދެންނެވުނު އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

11 އޮކްޓޯބަރ 2022

11 އޮކްޓޫބަރު 2022
ހޯދާ