މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ކައުންސިލް ސުޕަވައިޒަރ

 ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް

ކޮމިއުނިޓީ ކައުންސިލް ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ޔުނިޓް، ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސާރވިސް އެލަވަންސް 1500.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް 1200.00 ރުފިޔާ

ކޯ އެލަވަންސް 700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކައުންސިލުން އަންގާގޮތުގެ މަތިން ބަލަހައްޓާ، މުވައްޒަފުން ލައްވާ ކުރުވުން.
  3. ކުނިގޮނޑުގެ މަސައްކަތްތައް ކައުންސިލުން އަންގާގޮތުގެ މަތިން ބަލަހައްޓާ، މުވައްޒަފުން ލައްވާ ކުރުވުން.
  4. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާ ބެލެހެއްޓުން.
  5. މަސައްކަތްތަކުގައި ބޭނުންކުރާ މެނިޝިނަރީސް އޮޕަރޭޓުކޮށް ބެލެހެއްޓުން.
  6. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހަވާލުވެ ހުންނެވި ސުޕަވައިޒަރުގެ ލަފާގެ މަތިންކުރުން.
  7. މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  8. ރަށުގެ ގޮނޑޮދޮށްތަކާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން.
  9. ތަރިކަ -2 އިން ގެންނަ ކާޑާއި ގޭސް ރައްކާތެރިކަމާއެކު ގުދަންކުރުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.
  1. ތަރިކަ -2 ގެ އެންމެހާ ކަންކަމެއް ސްޕަވައިޒްކޮށް ބަލަހައްޓާ ކައުންސިލަށް ރިޕޯޓްކުރުން.
  2. ކައުންސިލުން އިންތިޒާމްކުރާ އިވެންޓްތަކަށް ތަންތަން ތައްޔާރުކުރުމާއި ސްޕަވައިޒްކުރުން.
  3. ކައުންސިލްގެ ބެލުމުގެދަށުގައިވާ އިމާރާތްތައް ސުޕަވައިޒްކޮށް ކައުންސިލަށް ރިޕޯޓުކުރުން.
  4. މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކާއި އެހެނިހެން ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  5. ކައުންސިލުން ހިންގާ ޕްރޮޖެކްތައް ސްޕަވައިޒްކޮށް ކައުންސިލަށް ރިޕޯޓްކުރުމުން ގެންދިޔުން.
  6. މުވައްޒަފުންގެ އަޚުލާގާއި ސުލޫކީ މިންގަނޑުތައް ބަލަހައްޓަމުން ގެންދިއުމާއި އިސްލާހުކުރުންޖެހޭ ކަންތައްތައް ފާހަގަކޮށް ވެރިންގެ ސަމާލުކަމަށް ގެނައުން.

 

މަޤާމުގެ ޝަރުތުތައް :  ގުރޭޑް 7ގެ ފެންވަރުހުރުން އަދި

 ދާއިރާއާގުޅޭ 5 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ

ގުރޭޑް 10 ނިންމާފައިވުން އަދި

2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

4 ފުރޮޅުލީ އުޅަނދުދުއްވުމުގެ ލައިސެންސް އޮންނަ ފަރާތްތަކާއި ކަރަންޓްވައިރުކޮށް ރާނަންދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  1. ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. އަސާސީ ޝަރުތު ހަމަވުން – %50
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު/ހުނަރު - %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  4. އިންޓަރވިއު - %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2022 އޮކްޓޯބަރ 18  އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކ. ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2022 އޮކްޓޯބަރ 20 އާއި 26 އޮކްޓޯބަރ 2022 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640183 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15  ރަބީޢުލްއައްވަލް 1444

11 އޮކްޓޫބަރު 2022
ހޯދާ