އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ފުރަމާލޭގެ ބޮޑު މަގަކުން 750 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް ޖާގައެއް ކުއްޔަށް ހިފުމަށް

ނަންބަރ: ASND/PRC/IUL/2022/0071


 

މި ކުންފުނީގެ ބޭނުމަށް ފުރަމާލޭގެ ބޮޑު މަގަކުން 750 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް ޖާގައެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މާލޭގެ ބޮޑު މަގަކުން މިފަދަ ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ގްރައުންޑް ނުވަތަ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައެވެ.  މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި  އިޢުލާނާއި  އެކު  ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

ކަނޑައެޅިފައިވާ ސުންގަޑި އަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.  

 

11 އޮކްޓޯބަރ 2022

 

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

11 އޮކްޓޫބަރު 2022
ހޯދާ