ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
"އެސްއެމްއީ ހަބް" ގައި ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

މި ކޯޕަރޭޝަނުން ޗާންދަނީ މަގުގައި ހުންނަ އެސްޓީއޯ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމައިފައިވާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގުވުމާއެކު މި ކޯޕަރޭޝަނުން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ "އެސްއެމްއީ ހަބް" ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ. މި ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށެވެ.  

މި ކިއޮސްކުތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، މި ތަން ބަލައިލުމުގެ ފުރުސަތު 16 އަދި 17 އޮކްޓޫބަރު 2022 ވާ އާދީއްތަ އަދި ހޯމަ ދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށް ހުޅުވިފައި އޮންނާނެއެވެ.  

މި ކިއޮސްކުތައް ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބީސީސީގެ މައި އޮފީސް، މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާ އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން އަދި  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ 20 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށެވެ.

 

10 އޮކްޓޯބަރ 2022

10 އޮކްޓޫބަރު 2022
ހޯދާ