ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ ގްރޭޑް 1

މުސާރަ:

 މަހަކު -/7000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2800

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މެނޭޖްމަންޓް ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު ޕްރޮކިއުމަންޓް ދާއިރާއިން 1-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- ޖިސީއީ އޭލެވެލް ނިންމާފައިވުމާއެކު ޕްރޮކިއުމަންޓް ދާއިރާއިން 3-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

(ޕަބްލިކް ޕްރޮކިއުމަންޓް ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކާއި ޖެމްސް އަދި ދިވެހި ސަރުކާރުގެ ގެޒެޓްގެ ސީއެމްއެސް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޕާރޗޭސް ރިކުއެސްޓްތައް ރިސީވްކުރުމާއި އެންޓަރކުރުން އަދި އަޕްޑޭޓް ކުރުން.

ޕާރޗޭސް ރިކުއެސްޓްތަކުގައި ބޭނުންވާ މަޢުލޫމާތާއި ހުއްދަތައް ހަމަތޯ ބަލައި ޕްރޮކިއުމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުން.

ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ނުވަތަ މަސައްކަތްތައް ކުރުވުމަށް ކޯޓޭޝަން، އެސްޓިމޭޓް ނުވަތަ ޕްރޮޕޯސަލް ހޯދަންޖެހޭ ކަންކަމުގައި ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕޮލިސީގައި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެތަކެތި ހޯދުން.

ރިކުއެސްޓް ފޮރ ޕްރޮޕޯސަލް / އެސްޓިމޭޓް ތައްޔާރުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ތައްޔާރުކުރުން.

ބިޑް ޑޮކިއުމަންޓް ތައްޔާރުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ތައްޔާރުކުރުން.

ސަޕްލަޔަރުންނަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެމަޢުލޫމާތުތައް ފޯރުކޮށްދިނުން.

ވެންޑަރ އެކްރެޑިޓްކުރުމުގައި އެހީތެރިވުން.

ތައްޔާރުކުރެވޭ ރިކުއެސްޓުތައް ސަޕްލަޔަރުންނަށް ފޮނުވުން / އިޢުލާނުކުރުން.

ޕްރޮކިއުމަންޓާއި ގުޅޭ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން.

ލިބޭ އޮފަރތައް އިވެލުއޭޓްކޮށް ކޮމްޕެއަރ ކުރުން.

ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ހުއްދަތައް ހޯދައި ސަޕްލަޔަރުންނަށް ފޮނުވުން.

ކްރެޑިޓް އެޕްލިކޭޝަންތައް ފުރިހަމަކުރުމުގައި އެހީތެރިވުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 17 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވާއިރު ޕްރޮކިއުމަންޓް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވެނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ރަބީޢުލް އައްވަލް 1444  

10 އޮކްޓޫބަރު 2022
ހޯދާ