ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމާބެހޭ

މިރަށު ރޯޝަނީމަގު ހުޅަނގުން ޣާޒީމަގުގެ އުތުރުން އޮތް ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްގަސް 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)382/382/2022/27 ( 01 ޖޫން 2021 ) އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބާޠިލްކުރުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

1-         މި ބިޑް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-         ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 10 އޮކްޓޫބަރު 2022 ން ފެށިގެން 19 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ފޯނުން ގުޅައިގެންނާއި ، އީމެއިލް މެދުވެރިކޮށެވެ. ބިޑްގައި ރަޖިސްޓްރީ ވެވަޑައިގަތުމުން ބިޑާގުޅޭ މަޢުލޫމާތު އީ މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3-         މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

4-         ބިޑްހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

5-         ދަބަލުގައި އެހެން ފަރާތަކުން ބިޑް ހުށަހެޅުމަށް ނުވަތަ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާނަމަ، ބިޑްގައި ރަޖިސްޓްރީ ކުރެއްވި ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

6-         ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

7-         އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.

-          ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ

-          ފޯން: 6780038

-          އީމެއިލް: [email protected]

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

10 އޮކްޓޫބަރު 2022
ހޯދާ