ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން ހޮޅި ވަޅުލަމުންދާ މަގުތަކުގެ ތެރެއިން އަލަށް ހަދަންޖެހޭ މަގުތަކާއި އެސް.ޕީ.އެސް 5 ޤާއިމުކުރާ ބިމުގައި ހުރި ރުއްގަހާއިގުޅޭ؛

ގދ.ހޯނޑެއްދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ހޮޅި ވަޅުލުމަށްޓަކައި އަލަށް ހަދަންޖެހޭ ބައެއް މަގުތަކުގެ ތެރެއިން ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގެ ހުޅަނގު ދެކުނު ކަންމަތިން އުތުރުން ދެކުނަށް، ބާދަލް ހިނގުމާއި ހަމައަށް ހުރި ރުއްތަކުގެ ތެރެއިން މިކައުންސިލުން 1 އިން 19 އަށް ނަންބަރު (މުށި ކުލައިން) ޖަހާފައިވާ ރުއްތަކާއި، ބޮޑެގަލާމަގުގެ ގދ.ހޯނޑެއްދޫ "ޖެން" އެވެ، ކިޔާ ބަންޑާރަ ގޯތިން ފެށިގެން އެސް.ޕީ.އެސް 5 އާ ހަމައަށް 1 އިން 10 އަށް ނަންބަރު ޖަހާފައިވާ ރުއްތަކާއި އަދި އެސް.ޕީ.އެސް 5 ހިމެނޭ ސަރަޙައްދުގައި 1 އިން 3 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2022/72 (23 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށް މިއިދާރާއަށް އަންގާފައި ނުވާތީ، އުފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، އެ ސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅު ރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަރުއް) ބަޔާންކޮށް 2022 އޮކްޓޯބަރ 16 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ސަރަޙައްދުތަކުގެ ޗާޓުތައް މި އިޢުލާނާއިއެކު އާންމުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

09 އޮކްޓޫބަރު 2022
ހޯދާ