މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބިޑުހުށަހެޅުން

މ. ވޭވަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް، މި އިދާރާއިން ކުރި އިޢުލާން ނަންބަރ (IUL)363-PLN/363/2022/20 (31 އޮގަސްޓް 2022)ގެ އިޢުލާނަށް ކުރިމަތި ލެއްވި ފަރާތްތަކުން ހުށަހެޅުއްވި ލިޔެކިއުންތައް ފުރިހަމަނުވުމާއި އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް ދެވަނަ ފަހަރަށް އިޢުލާންކުރީމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއި އެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ތަފްޞީލް

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީވުން

11 އޮކްޓޫބަރ 2022 އިން 18 އޮކްޓޫބަރ 2022 އަށް

8:00-13:30

މ. ވޭވަށު ކައުންސިލްގެ އިދާރާ (އީމެއިލުން ކުރައްވާނަމަ [email protected])

މަޢުލާމާތު ދިނުމުގެ ބައްދަލުވުން

މ ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ

ބީލަން ހުށެހެޅުން

19 އޮކްޓޫބަރ 2022

13:00

މ. ވޭވަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާކުރެއްވުމަށް ބޭނުންވާނަމަ 17 އޮކްޓޫބަރ 2022 ވަނަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށެހެޅުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި އިޢުލާނާއެކު ގެޒެޓްގައި ޝާއިރުކުރެވިފައިވާނެއެވެ. މީގެ އިތުރުން މިކައުންސިލްގެ ވެބްސައިޓް އިންވެސް ލިބެންހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ބިލަން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

09 އޮކްޓޫބަރު 2022
ހޯދާ