މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 "ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތައް "ސެންޓްރަލައިޒްޑް ސިވޭޖް ޓުރީޓްމަންޓް ޕްލާންޓް"އެއް ޤާއިމުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ މެންދުރު 14:00 ގެ ކުރިން،ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި UC01 ނޫނީ UC03 ދާއިރާއިން ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ނޮވެންބަރު 2 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ނޮވެންބަރު 2 ވާ ބުދަދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

09 އޮކްޓޫބަރު 2022
ހޯދާ