ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓާރޝަރީ ސްޓޫޑަންޓް ލޯން ސްކީމް

ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް ފުލްފަންޑިންގ - ސެޕްޓެންބަރު 2014 އަދި ނޭޝަނަލް ސްޓޫޑެންޓް ލޯންސްކީމް - ރާއްޖެއާއި ރާއްޖޭން ބޭރުގައި މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް (އޮންގޮއިން ސްކީމް)، މި ސްކީމްތަކުގެ ދަށުން އެހީއަށް ހުށަހަޅާފައިވާ ދަރިވަރުންގެ މަޢުލޫމާތު އެންޓަރ ކޮށް ޗެކްކުރުމަށްފަހު މިޑިޕާޓްމެންޓްގެ ވެބްސައިޓް  www.dhe.gov.mv  ގައި 2 ނޮވެމްބަރ 2014 އިން ފެށިގެން އަޕްލޯޑް ކުރެވިފައިވާނެއެވެ. އަޕްލޯޑް ކުރެވިފައިވާ ލިސްޓާބެހޭ ގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައިވާ ސެޕްޓެންބަރު 2014 ލޯންސްކީމް ތަކާބެހޭ މަޢުލޫމާތު ސާފުކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އެފޯމު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376، 3341381, އާ ގުޅުއްވުން އެދެމެވެ.

 
28 އޮކްޓޫބަރު 2014
ހޯދާ