އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން
އިޢުލާން
ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން
ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ "ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މި ދަންނަވާ ޝާރުޠު ހަމަވާ ފަރާތްތަކުން 16 އޮކްޓޯބަރ 2022 ވަނަދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އައްޑޫސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
- މުސްލިމަކު ކަމުގައިވުން
- ބާލިޢުވުން
- ބުއްދި ސަލާމަތުން ހުރުން
- ކަށުކަމާކެމީގެ ކަންތައް ރަގަޅަށް ދަންނަ މީހަކަށްވުން
- އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން
13 ރަބީޢުލްއައްވަލް 1444ހ
09 އޮކްޓޯބަރ 2022
09 އޮކްޓޫބަރު 2022
ހޯދާ