އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްެރެކްޓް)
ބޭނުންވާ އަދަދު :1

މި ހޮސްޕިޓަލުގައި ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 )އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 6 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ރަސްމީ މަސައްކަތުގަޑި)

މުސާރަ މަހަކު -/4465 ރުފިޔާ

 

ސަރވިސް އެލަވަންސް މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު: -/700 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް މަހަކު: -/1100 ރުފިޔާ

 

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

  އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުއްދަތު:    6 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މުވައްޒަފުންގެ ވަޒީފާގެ ބަޔާން ތައްޔާރުކުރުމަށްޓަކައި ގުޅުންހުރި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދުމާއި ވަޒީފާގެ ބަޔާންތައް ތައްޔާރުކުރުކޮށް ގަވައިދުން އަޕްޑޭޓްކޮށް މުވައްޒަފުންނަށް ހަވާލު ކުރުން.

2-      ވަޒީފާ ދެއްވާ، ބަދަލުކުރާ އަދި ވަކިވާ މުވައްޒަފުންގެ މައުލޫމާތުތައް ސިވިލް ސަރވިސް ވިއުގައަށް އަޕްލޯޑްކޮށް ވިއުގަ މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން

3-      ހޮސްޕިޓަލުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ މަސްއޫލިއްތުތައް އެކުލަވާލުމާއި އިސްލާޙު ކުރުމުގެ މަސައްކަތް ރެކްރޫޓްމަންޓް އެންޑް ޕަރސަނަލް މެނޭޖްމަންޓް ސެކްޝަނާ ގުޅިގެން ކުރުމުގައި އެޙީތެރިވެދިނުން.

4-      މީގެ އިތުރުންވެސް ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ  'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 12 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  6. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

10 ރަބީއުލްއައްވަލް 1444

6 އޮކްޓޯބަރ 2022

 

06 އޮކްޓޫބަރު 2022
ހޯދާ