މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ރައްވެހިގެ މަރާމާތުކުރުން

            ނ.މިލަދޫ ރައްވެހިގެ މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 18 އޮގަސްޓް 2022 ވަނަ ދުވަހު މިއިދާރާއިންކުރި އިޢުލާނާގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 އޮކްޓޯބަރު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ހާޟިރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ ބީލަން ކަރުދާސް ދޫކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.

            ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 05 އޮކްޓޯބަރު 2022 އިން 10 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިއިދާރާއަށް ހާޟިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭނަމަ އިޢުލާން ނަންބަރާއި ވިޔަފާރިނަމާއި، އީމެއިލް ފޮނުއްވާ ފަރާތުގެ ނަމާއި ހައިސިއްޔަތު އަދި ފޯން ނަންބަރު އެނގޭގޮތަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ސާފު ކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ. އަދި މިއިދާރާއަށް ހާޟިރުވެ ރަޖިސްޓްރީކުރާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

            މިމަސައްކަތާގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 11 އޮކްޓޯބަރު 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ރަޖިސްޓްރީވެފައިވާ އަދި ޕްރީބިޑް މީޓިންގއަށް ހާޟިރުވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

            ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 އޮކްޓޫބަރު 2022
ހޯދާ