ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިޔަދޮވިތަކުން މަގަށް ފެންއެޅޭ ގޮތަށް ހުރި ތަންތަނާއި ގުޅޭ
ޢިމާރާތް ކުރުމުގެ ޤަވާއިދާއި ޚިލާފަށް ބައެއް ގެތަކުގެ ދިޔަދޮވި މަގަށް ފެންއެޅޭގޮތަށް ހަރުކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް ހުރުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ.
އެހެންކަމުން، މަގަށް ފެންއެޅޭގޮތަށް ހަރުކޮށްފައިހުރި ދިޔަދޮވިތައް 31 އޮކްޓޯބަރ 2022 ގެ ކުރިން ރަނގަޅުކުރުމަށް ދަންނަވަމެވެ. މިމުއްދަތަށްފަހު މިގޮތަށް ހުރި ތަންތަން ބަލައި އެފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
04 އޮކްޓޫބަރު 2022
ހޯދާ