ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތް. (2 ވަނަ އިޢުލާން)

އިޢުލާން

ނަމްބަރު: 257/257/2022/96(IUL)

ބާރަށު ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތް. (2 ވަނަ އިޢުލާން)

 

              މި ކައުންސިލް އިދާރާގައި ރަސްމީކޮށް ބޭނުންކުރާނެ ލޯގާއާއި އަދި ރަސްމީ ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ހުށަހަޅާފައިވަނީ މަދު އަދަދެއްގެ ހުށަހެޅުންތަކަށްވެފައި އަދި އެ ހުށަހެޅުންތަކުގައި އެކަށީގެންވާ ޑިޒައިންއެއް ނެތުމުން، ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ، ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 1.   ތަޢާރަފް

މިމުބާރާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބާރަށު ކައުންސިލް ރަމްޒުކޮށްދޭނޭ ރަސްމީ ލޯގޯއެއް ފަރުމާކުރުމެވެ. އަދި އެލޯގޯއާއި ގުޅުވައިގެން ރަސްމީ ދިދައެއް ފަރުމާކުރުމެވެ. ޑިޒައިން ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ތިރީގައިއެވަނީއެވެ. ހުށަހެޅޭ ޑިޒައިންތައް ބާރަށު ކައުންސިލް އިދާރާގައި މިކަމަށް ޚާއްސަ ކޮށްފައިވާ ކޮމިޓީއަކުން އިވެލުއޭޓްކުރާނެއެވެ. އަދި ކޮމިޓީގެ ރެކޮމެންޑޭޝަން ކައުންސިލް ގެ ބައްދަލުވުމަށް ހުށަހަޅާ ފާސްކުރެވޭނެއެވެ. ފާސްކުރެވޭ އެންމެ ކަމުދާ ލޯގޯއާއި ދިދަ ހިމެނޭ ޑިޒައިން ،ބާރަށު ކައުންސިލްގެ ރަސްމީ ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ. 

 2.   ބައިވެރިވެވޭނެ ފަރާތްތައް

މި މުބާރާތުގައި ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ.

 3.   ލޯގޯ / ޑިޒައިން ހުށަހެޅުމުގެ ޝަރުތުތައް

ހ. ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ.

ށ. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއެއް ހުށަހަޅައިގެން ނުވާނެއެވެ.

ނ. ހުށަހަޅާ ލޯގޯއާއި ދިދައިގެ ސޮފްޓް ފައިލް ވާންޖެހޭނީ ވެކްޓަރ ފައިލްއަކަށެވެ. އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.

ރ. ހުށަހަޅާ ލޯގޯގަ އާއި ދިދައިގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ      % 100 އަމިއްލަ އުފެއްދުމަކަށެވެ. 

ބ. ހުށަހަޅާ ލޯގޯއިން ބާރަށް ރަމްޒުކޮށް ދޭންވާނެއެވެ.  ބާރަށަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތް، ރަށުގެ ދިރިއުޅުން، ރަށުގެ ތާރީޚް ނުވަތަ ރަށުގެ މުޖްތަމަޢު ތަޞައްވުރުކޮށްދެންވާނެއެވެ. 

ޅ. ހުށަހަޅާ ލޯގޯއާއި ދިދަ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވަން ވާނެއެވެ.

 

ކ. ލޯގޯ ރީސައިޒްކޮށް ކުޑަ ކުރުމުން ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލުގެއްލިގެން ނުވާނެއެވެ.

އ. ހުށަހަޅާ ލޯގޯ ފޮތީގައާއި އެހެނިހެން ތަކެތީގައި ޕްރިންޓްކުރެވޭފަދަ ލޯގޯ ޑިޒައިން އަކަށް ވާންވާނެއެވެ.

ވ. ލޯގޯގެ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއަކާއ، އަދި ކަޅާއި ހުދުން ބެލެކް އެންޑް ވައިޓް ވަރޝަންގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

މ. ލޯ ގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.

ފ. ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދ އެފޮންޓް ބޭނުން ކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ. 

ދ. ލޯގޯގައި ބަހެއް، ލަފްޒެއް ނުވަތަ ނަމެއް ލިޔާނަމަ ލޯގޯގެ 2 ވާރޝަންއެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެއީ ދިވެހި ބަހުން ލިޔެފައިވާ ވާރޝަންއަކާއި އިނގިރޭސި ބަހުން ލިޔެފައިވާ ވާރޝަންއެކެވެ. 

ތ. ލޯގޯ އާއި ދިދައިން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދެންވާނެއެވެ.

ލ. ލޯގޯ އާއިއެކު ބްރޭންޑިންގ (މޮކަޕް) ހުށަހަޅާ، ލޯގޯ ލެޓަރ ހެޑްގައާއި، ބިޒްނަސް ކާރޑްގައާއި، އީމެއިލް ސިގްނޭޗަރގައާއި، ސެޓްފިކެޓްތަކުގައިއާއި އަދި ޓީޝާރޓާއި ތޮފި ފަދަ ތަކެތީގައި ބޭނުންކުރުމުން ފެންނަން ހުންނާނޭ ގޮތް ހުށަހަޅަންވާނެއެވެ.

ގ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދެން ވާނެއެވެ.

ޏ. ޑިޒައިންގައި ބޭނުންކުރާނެ ކުލަ ކަނޑައަޅާނީ ކައުންސިލުންނެވެ.  ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ކުލައަށް ބަދަލެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިން އެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ކުލައަށް ގެނެސްދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސް ދެން ވާނެއެވެ. 

ސ. މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ސެކްޝަން 2 ގެ ވ. ތ. އަދި ލ. ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

ޑ. ލޯގޯގައި ބޭނުންކުރާނެ ލިޔުންކޮޅަކަށް ވާންވާނީ"ހއ. ބާރަށު ކައުންސިލް" / “Ha.Baarashu Council” އެވެ.

ޒ. ލޯގޯގައި ބޭނުންކުރާނީ ހުދު ކުލައިގެ އިތުރުން "ސްކައި ބުލޫ" (ކޯޑު: #1b9bd1) އަދި  "ގްރޭ"  (ކޯޑު: #686f75)

 4-   ޑިޒައިން ހުށަހެޅުމަށް ކުރާ ޚަރަދު

ހ. ޑިޒައިން ތައްޔާރުކުރުމާއި ހުށަހެޅުމަށް ކުރާ ޚަރަދަކީ ޑިޒައިން ހުށަހަޅާ ފަރާތުން ކުރަންޖެހޭ ޚަރަދެކެވެ. އަދ އެފަރާތެއްގެ ޑިޒައިން ހޮވި މުބާރާތް ކާމިޔާބު ނުވިކަމުގައިވިޔަސް ޑިޒައިން ހުށަހަޅާ ފަރާތުން ކުރާ ޚަރަދަށް ބާރަށު ކައުންސިލުން ޒިންމާއެއް ނުނަގާނެއެވެ.  

 5-  ހުށަހަޅަންޖެހޭ ތަކެތި

  ތިރީގައިވާ ތަކެތި ހަމައަށް ހުށަހަޅަންވާނެއެވެ.  

  • ޑިޒައިން އާއިއެކު ހުށަހަޅަން ޖެހޭ  އިޢުލާންގެ 2 ވަނަ ނަންބަރުގައި ބުނެފައިވާ ތަކެތި.
  • ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީއެއް.
  • ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް.

 

 6-ޑިޒައިން ހުށަހަޅާނެގޮތާއި ސުންގަޑި.

ހ. ޑިޒައިން ހުށަހަޅާނީ، މިކަރުދާހުގައި ބުނެފައިވާ ހުރިހާ ތަކެއްޗެއް ހަމަކޮށް އީމެއިލްކޮށްގެންނެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 12 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 14:00 އެވެ.

ށ. ތަކެތި ފޮނުވާނީ ތިރީގައިވާ އީމެއިލް އަށެވެ.

[email protected]

 7-ލޯގޯ އިވެލުއޭޓްކުރުން

ހ.ޑިޒައިން އިވެލުއޭޓްކުރާނީ ކައުންސިލުން ކަނޑައަޅާ އެކުލަވާލާފައިވާ މިމަސައްކަތް ކުރިއަށް ގެންދާ ކޮމިޓީއަކުންނެވެ. ކޮމިޓީގެ އިވެލުއޭޝަން ރެސަލްޓްއާއި ރެކޮމެންޑޭޝަން ފާސްކޮށް ލޯގޯއާއި ދިދަ ފައިނަލް ކުރާނީ ބާރަށު ކައުންސިލްގެ މެމްބަރުންގެ ވޯޓާއިއެކު ކައުންސިލްގެ ޖަލްސާއިންނެވެ.  

ށ. ޑިޒައިން އިވެލުއޭޓްކުރުމުގައި ފުރަތަމަ ބަލާނީ 3 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަ ވޭތޯއެވެ. 3 ވަނަ ނަންބަރުގައި ބުނެފައިވާ ތަކެތި ހަމަކޮށް ހުށަހަޅަންވާނެއެވެ. ދެން ބަލާނީ ޑިޒައިނުން ތަމްޞީލްކޮށްދީ ރަމްޒުކޮށްދޭ މެސެޖަށާއި، ޑިޒައިންގެ ހިތްގައިމުކަމަށެވެ. އެގޮތުން މާރކްސް ދިނުމަށް ކަނޑައަޅާފައިވާގޮތް ތިރީގައިއެވަނީއެވެ.

* ރަމްޒުކޮށްދިނުމާއި މެސެޖު 50%

* ފަރުމާކުރުމުގެ ފުރިހަމަކަން 30%

* ކުލަތައް ބޭނުންކޮށްފައިވާގޮތުގެ ފުރިހަމަކަން 20%

ނ. އިވެލުއޭޝަން ޓީމަށް ކަމުދާ ޑިޒައިނެއް ނެތި މިމަސައްކަތް ކުރުމުގެ މަޤްޞަދު ޙާޞިލްނުވާނަމަ ހުށަހެޅޭ ޕްރޮޕޯސަލްތައް ބާޠިލްކުރެވޭނެއެވެ.

 8-ޢިނާމް ދިނުން.

ހ. ޑިޒައިން ތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިންއަކަށް( 5000/- )ފަސްހާސް ރުފިޔާގެ ފައިސާ ގެ އިނާމެއް ދެވޭނެއެވެ.

 

                  އިޢުލާންއާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6500016 ނުވަތަ 6500172 ފޯނާ ގުޅުއްވުން އެދެމެވެ.

 

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.                          

               06 ރަބީޢުލްއައްވަލް 1444         

               02 އޮކްޓޫބަރު 2022

 

02 އޮކްޓޫބަރު 2022
ހޯދާ