މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޅ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ .

އިޢުލާން

ޅ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ .

 

ޅ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށްޓަކައި މި މިނިސްޓްރީން 2 ފަހަރެއްގެ މަތީންކޮށްފައިވާ އިއުލާނާއި ގުޅިގެން ނީލަމުގައި ނުވިކިހުރި ބައެއްތަކެތި ހުރުމާއިއެކު މި ތަކެތި ވިއްކާލުމަށް އަލުން އިއުލާންކުރަމެވެ.

 

ވީމާ މިތަކެތި ގަތުމަށް ބޭނުންވާ ފަރާތްތަކުން 04 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޅ. ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00 އަށް ޅ. ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރއަށް ވަޑައިގެން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވަނި އެންމެ ބޮޑު އަގު ހުށަހަޅާފަރާތަކަށް ލިބޭ އުޞޫލުންނެވެ.

 

މި އިއުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތު އެއްކަރުދާސްކުރެވިފައިވާނެއެވެ. މައުލުމާތު ސާފްކުރުމަށް ގުޅުއްވާނީ 3027637 ނަންބަރ ފޯނާއެވެ. އަދި ތަކެއްޗަށް ފައިސާ ދައްކަވަން ޖެހޭނީ "ބަނޑޭރި ޕޭ" މެދުވެރިކޮށްކަން ކަމުގައިވެސް ދެންނެވީމެވެ.

 

30 ޞަފަރު 1444

26 ސެޕްޓެމްބަރ 2022

 

 

 

29 ސެޕްޓެންބަރު 2022
ހޯދާ