މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫގައި ކޮރަލް ރިސާޗް ސެންޓަރެއް އެޅުމަށް ބިން ކުއްޔަށްދިނުން

ކ. ތުލުސްދޫގައި ކޮރަލް ރިސާޗް ސެންޓަރެއް އެޅުމަށް ބިން ކުއްޔަށްދިނުން

މިރަށުގެ ހުޅަނގު ފަރާތުން 8033.73 އަކަ ފޫޓްގެ ބިމެއް ކޮރަލް ރިސާޗް ސެންޓަރެއް އެޅުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މިބިމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 05 އޮކްޓޯބަރ 2022 ވަނަ ދުވަހު 11:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 05 އޮކްޓޯބަރ 2022 ވަނަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ.

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ރަބީއުލްއައްވަލް 1444

29 ސެޕްޓެންބަރު 2022
ހޯދާ