މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާނު

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ                                

މަޤާމުގެ ނަންބަރު:

J-367132

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް މެނޭޖްމަންޓް ޑިވިޝަން / ހިއުމަން ރިސޯސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ، ދިވެހިރާއްޖެ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).

ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ (މަހަކު).

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ މުވައްޒަފުންގެ ވަކިކުރުމުގެ މަސައްކަތް ވިއުގަ މެދުވެރިކޮށް ކުރުމާއި މުވައްޒަފަށް ވަކިކުރި ޗިޓް ފޮނުވުމާއިއެކު، ހުސްވާ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުގެ ތެރެއިން ކުރުން.
  2. ބިއުރޯގެ ހުރިހާ މަޤާމްތަކެއް ގެ ދަފްތަރު އަފްޓޭޓްކޮށް ބެލެހެއްޓުމާއި އަލަށް އުފައްދާ މާޤާމުތަކާއި/ އުވާލާ މަޤާމްތަކަށް ގެންނަ ބަދަލުތަކަށް ވިއުގަ މެދުވެރިކޮށް ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުން.
  3. ވަޒީފާ ހަމަޖެހިގެން އަލަށް ވަންނަ މުވައްޒަފާއެކު (ޕްރޮބޭޝަން މުއްދަތުގައި) މެންޓަރއެއްގެ ގޮތުގައި މަސައްކަތް ކުރުމާއި މުވައްޒަފުންނަށް ދޭންޖެހޭ ލިޔުންތައް ( ވަޒީފާގެ އެއްބަސް ވުމާއި ވަޒީފާ ދެއްވިކަމުގެ ލިޔުން ،ވަޒީފާ ބަޔާން، 35% އެލަވަންސް އަދި ސްޓެޓިސްޓިކަލް އޯތު) ތައްޔާރުކޮށް އަލަށް އަންނަ މުވައްޒަފު ލައްވާ ސޮއި ކުރުވުން.
  4. ބިއުރޯގެ މުވައްޒަފުންގެ ވަޒީފާބަޔާންތަކުގެ ތެރެއިން މަސައްކަތަށް ބަދަލުއަންނަ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ކޮންމެ ހަމަހަކުން އަފްޑޭޓް ކުރުން.
  5. މުސާރަ ލިބޭ އަދި މުސާރަނުލިބޭ ގޮތަށް ވީއްލޭ މުވައްޒަފުންގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ، ރެކޯޑްސްތައް ގަވާޢިދުން ބެލެހެއްޓުން
  6. އަލަށް ގުޅޭ މުވައްޒަފުންގެ މަޢުލޫމާތުތައް އެމްޕްލޮއިމަންޓް ރެކޯޑްސް އަށް އެންޓަރކޮށް އެމްޕްލޮއިމެންޓް އިންފޯ ޤަވާއިދުން އަފްޑޭޓްކޮށް ބެލެހެއްޓުން.
  7. ބިއުރޯގެ މަޤާމުތަކުގެ އަންނަ އަހަރުހެ އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފޮނުވަޖެހޭ މުއްދަތަށް ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނާ ހަވާލުކުރުން،
  8. ބިއުރޯގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތައް ވިއުގައިންގެނެސް  އޮނިގަނޑު އިސްލާޙްކޮށް ބެލެހެއްޓުން.
  9. އޮފީހުގައި އެވަގުތަކުހުރި މަޤާމުތަކާއި ކުރިންހުރި މަޤާމުތަކާއި މަޤާމުތަކަށް އަންނަ ބަދަލާއި އެމަޤާމުތަކާއިބެހޭ މައުލޫމާތުގެ ރެޖިސްޓްރީ ބެލެހެއްޓުމާއެކު ކޮންމެ އަހަރެއްގެ ޑިސެމްބަރ ފަހު ހަފްތާގައި އަހަރު ރިޕޯޓަށް މިމައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށް ދިނުން.
  10. ބިއުރޯއިން ހިންގާ އެކިއެކި ސަރވޭތަކަށް ވައްދާ ވަގުތީ މުވައްޒަފުން ވެއްދުމުގެ އެންމެހައި ކަންކަން ކުރުމާއި ވަގުތީ މުވައްޒަފުންގެ ޑޭޓަރ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. ބިއުރޯގެ މުވައްޒަފުންނަށް އީ. ގަވަރމަންޓް ޔޫޒާ ނޭމް ކްރިއޭޓްކޮށްދިނުމާއި ޕާސްވަރޑް ރީސެޓް ކުރުމަށް ފޮނުވާ ފާސްވޯޑް ލިބުނުކަން ކަށަވަރު ކުރުން.
  12. ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓަށް ލިބޭ ސިޓީ/ އީމެއިލްތަކާއި ގުޅިގެން އެ ސިޓީ / އީމެއިލަށް ޖަވާބުފާރީވިން.
  13. އޮފީހުންރާވާ އަދި ހިންގާ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތް، ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒިފާ އަދާކުރުން.
  14. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ އެކިއެކި ކޯސްތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތުގައި އެހީތެރިވުން.
  15. މުވައްޒަފުންގެ މުސާރަ އާއިގުޅޭ ކަންކަމުގައި އެހީތެރިވުން.
  16. އޮފީހުން ހިންގާ އެކިއެކި ތަމްރީނުތަކުގައި ހުށަހެޅޭ ސެޓްފިކެޓްފަދަ ލިޔުން އެކްރެޑިޓްކުރުމުގައި އެޓެސްޓުކުރުން.
  17. މިބިއުރޯ ތަމްސީލްކުރަންޖެހޭ ކޮމިޓީތަކަށް މީހުން އައްޔަންކުރުމާއި، މިކަމުގެ ރިކޯޑްތައް ބެލެހެއްޓުން.
  18. މިބިއުރޯ ބައިވެރިވާންޖެހޭ ޖަލްސާ، ސެމިނަރ، ވާރކްޝޮޕްތަކަށް މީހުން އައްޔަންކޮށް އެކަމުގެ ޑޭޓާބޭސްއެއް ގާއިމްކޮށް ބެލެހެއްޓުން.
  19. ސިވިލް ސަރވިސް މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ގެންގުޅޭ ސިވިލް ސަރވިސްގައި ނުހިމެނޭ މީހުންގެ ރަޖިސްޓްރީ ގަވާއިދުން ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  20. އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް އެފަރާތްތަކާ ޙަވާލުކުރުން.
  21. ހާޟިރީއަށް ފަރުވާކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ޤާވާއިދާ އެއްގޮތްވާގޮތުމަތިން އަންގަންޖެހޭ އެންގުންތައް ޔުނިޓުގެ ހެޑުގެ ލަފާގެ މަތިން ތައްޔާރުކޮށް މުވައްޒަފަށް ޙަވާލުކުރުން.
  22. މުވައްޒަފުންނަށް ނަސޭޙަތްދޭންޖެހޭ ޙާލަތްތަކުގައި އެމުވައްޒަފުންނަށް ނަސޭޙަތްދިނުމުގެ އިންތިޒާމް ހަމަޖައްސައި  ޔުނިޓުގެ ހެޑުގެ ލަފާގެ ލިޔުން ތައްޔާރުކޮށް އެލިޔުން ޙަވާލުކުރުން
  23. ބިއުރޯގެ މެންޑޭޓަށް އަންނަ ބަދަލުތައް އިސްލާޙުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި އެހިތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ހިއުމަން ރިސޯސް މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ކޯ ޑިސިޕްލިންތައް:

- ހިއުމަން ރިސޯސް މެނޭޖްމަންޓް

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

- ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮކްޓޯބަރ 2022 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 އޮކްޓޯބަރ 2022  އިން 20 އޮކްޓޯބަރ 2022 އާ ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް>"ރެކްރޫޓްމެންޓްއުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

29 ސެޕްޓެންބަރު 2022
ހޯދާ