މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން

އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.  މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 އަންހެން އެގްޒަމިނަރުން

ބޭނުންވާ ޢަދަދު: 10

 ފިރިހެން އެގްޒަމިނަރުން

ބޭނުންވާ ޢަދަދު: 10

 އެގްޒަމިނަރުންގެޝަރުޠު

  • އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން، ނުވަތަ ބީ ކެޓަގަރީގެ ކޮންމެސް އެއް އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތުން ނުވަތަ ސީ ކެޓަގަރީގެ ކޮންމެސް އެއް އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައި އޮތުން ނުވަތަ ހެވީ ވެހިކަލް ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އޮތުން.
  • ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.
  • ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.
  • މިނިސްޓްރި އޮފް ޓްރާންސްޕޯޓް އެންޑް ސިލިވް އޭވިއޭޝަނުގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

 

އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ  A0, A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.
  • އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

  

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  •  ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
  •  ކުށުގެ ރިކޯޑު ފޯމް
  •  ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ

 

 ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 13 އޮކްޓޫބަރ 2022 ވަނަ ދުވަހުގެ 14.00 ގެ ކުރިން [email protected]  އަށް  މެއިލް ކޮށްދެއްވުން އެދެމެވެ.

 

29 ސެޕްޓެންބަރު 2022
ހޯދާ