މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށް

އަންދާސީހިސާބު ހޯދުން

މިކައުންސިލުގެ ނަންބަރު IUL)314/INDIV/2014/49)ފ(02 ސެޕްޓެންބަރު 2014) އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލުގެ އިދާރާ ހިންގަމުންގެންދާ އިމާރާތުގެ އެތެރެއާއި ގޯތިތެރޭގައި ސެކިޔުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށްޓަކައި، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ އަގުގެ އަންދާސީހިސާބެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިޢުލާނާއެކު މިވާ ފޮޓޯގައިވާ ކެމެރާ ކުރެހުމާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވޭނޭ ފަރާތްތަކުން، އެމަސައްކަތްކޮށްދޭނޭ އަގުގެ އަންދާސީހިސާބު 12 ނޮވެންބަރު 2014 ވާ ބުދަދުވަހުގެ 11:30 އަށް ކަމަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 10:30 ގައި ކަމަދޫ ކައުންސިލުގެ އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ފޯނުންނަމަ ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން މިއިދާރާގެ ފޯން ނަންބަރާ ގުޅުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބުން އެނގެން ބޭނުންވާނެ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ތަކެތި:

1. މަސައްކަތް ކޮށްދެވޭނެ އެންމެ ކުޑައަގު.

2. މަސައްކަތް ފަށާ ނިންމާނެ ތާރީޚު.

3. ވޮރަންޓީގެ މުއްދަތު.

4. މިފަދަ މަސައްކަތްތަކުގެ މީގެ ކުރީގެ ތަޖުރިބާ.

5. އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ.

6. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ.

އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:

ދާއިރާ

މާކްސް ދެވޭނެގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

80%

ޚިދުމަތުގެ އަގަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate percentage

މުއްދަތު

 10%

މުއްދަތަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓިރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of days)x Allocate percentage

ވޮރަންޓީ

 10%

ވޮރަންޓީއަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ވޮރަންޓީގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނާ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށެވެ.

(Benchmark Term/Submitted Term)x Allocate percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 މުޙައްރަމް 1436

26 އޮކްޓޫބަރު 2014
ހޯދާ