ދިވެހިރާއްޖެ
މަޤާމު: އިންޓާން (ވަގުތީ މުވައްޒަފުން)
މުއްދަތު: 6 މަސްދުވަސް
ޑިޕާރޓްމަންޓް: ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އެންޑް ޕާރސަނަލް މެނޭޖްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
އަދަދު: 1
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަދުވެގެން 3 އޯލެވެލް ފާސް ލިބިފައިވުން (އިނގިރޭސި އަދި ދިވެހި ހިމަނައިގެން)
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވޯރކް ޕާރމިޓް އައުކުރުމާއި ކެންސަލްކުރުމަށް އެޗް.އާރުން ފުރަންޖެހޭ ފޯމުތައް ފުރުމާއި އަދި މިނޫންވެސް މިކަމާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ބިދޭސީން ގޮވައިގެން ހޮސްޕިޓަލް އަދި އެއާރޕޯޓް ފަދަ ތަންތަނަށް ދިއުން.
- އެޗް.އާރުގެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން
- އެހެނިހެން އެޗް.އާރު އާއި ގުޅުންހުރި އިދާރީ މަސައްކަތް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން (އެކްސެލްއަށް ފަރިތަ ފަރާތްތަކަށް އިސްކަންދެވޭނެ)
- ރަސްމީނޫން ގަޑިތަކުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
މުސާރަ: ދުވާލަކަށް 200.00ރ
އެލަވަންސްގެ ގޮތުގައި ޖުމްލަ 85.00ރ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މިކޯޕަރޭޝަންގެ ފަރާތުން އިންޓަވިއު ކުރެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު އިންޓަވިއުއަށް ހޮވިވަޑައިގަންނަވާ ފަރާތްތަކާއެވެ. އިންޓަވިއުއަށް ހޮވިވަޑައިނުގަންނަވާ ފަރާތްތަކަށް، އެކަން އީ-މެއިލް އަކުން އެންގޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 6 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕްރޭޝަނުގެ މައި އޮފީހުންނާއި މާލެއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މާލެ އޮފީސް: މައި އޮފީސް:
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް 3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ ބިލްޑިންގ
މާލެ، ދިވެހިރާއްޖެ ނުވަތަ ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3336755 ފޯނު: 3353535
ފެކްސް : 3335892 ފެކްސް : 3358892