އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

(IUL)38-CA/38/2022/291:ނަންބަރު

އިޢުލާން

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު

ށ.މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ރ.ރަސްމާދޫ، ތ.ގުރައިދޫ އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

2022 އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ރ.ރަސްމާދޫ، ތ.ގުރައިދޫ އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

 ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް

 

#

 

ދާއިރާ ކޯޑު

ދާއިރާ / ރަށުގެ ނަން

ޕްރިންޓްކުރި ޖުމްލަކަރުދާހުގެ އަދަދު

1

C12

ށ.މާއުނގޫދޫ

827

2

E9

ރ.ރަސްމާދޫ

660

3

N5

ތ.ގުރައިދޫ

1546

4

O2

ލ.ދަނބިދޫ

759

ޖުމްލަ:

3792

 

ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2022
ހޯދާ