ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރަކީދޫ ޞިއްޙީމަރުކަޒުން 7 އޮގަސްޓް 2014 ގައި ކުރި އިޢުލާނަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ކުރިމަތިލައްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް. 3

މުސާރަ

-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )

ސަރވިސް އެލަވަންސް

-/1500 (ފަނަރަސަތޭކަ ރުފިޔާ)

ސެކްޝަން

ވ.ރަކީދޫ ޞިއްޙީމަރުކަޒު

މަޤާމުގެ އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މައްދާއަކުން ދަށްވެގެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރަސްމީގަޑީގަޔާއި އެމަރޖެންސީތަކުގައި ޞިއްޙީމަރުކަޒު ހުޅުވައި ބަންދުކުރުން.
  2. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ، ވެރިއެއްގެ ސޮއިކުރުވައި ފައިލްކޮށް ބެލެހެއްޓުން. 
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި ރިކޯޑު ފައިލްކޮށް ބެލެހެއްޓުން.
  4. ޞިއްޙީމަރުކަޒަށް ލިބޭ ހުރިހާ ލިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށްނަގައި، ރިކޯޑް ބެލެހެއްޓުން.
  5. ޞިއްޙީމަރުކަޒުން ލިޔަންޖެހޭ އެންމެހާ ލިޔުންތައް ( ސިޓީ، މެސެޖް ފަދަ ތަކެތި ) ލިޔެ، ވެރިއެއްގެ ސޮއިކުރުވައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ޞިއްޙީމަރުކަޒުގެ ސްޓޮކް ބަލަހައްޓައި އަޕްޑޭޓް ކުރުން.
  7. ޞިއްޙީމަރުކަޒުގެ އެންމެހާ ހަރުމުދަލުގެ އިންވެންޓްރީ ބަލަހައްޓައި އަޕްޑޭޓުކުރުން.
  8. ޞިއްޙީމަރުކަޒުގެ އިދާރީ ރިކޯޑުތަކަށް ބޭނުންވާ ފޮތްތަށް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުމާއި އަދި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  9. ޞިއްޙީމަރުކަޒުގެ ބަޖެޓާބެހޭ ހުރިހާ މަސައްކަތްތައް ކޮށް ރިކޯޑު ބެލެހެއްޓުން.

ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ސީވީ )
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ރަކީދޫ ޞިއްޙީ މަރުކަޒަށް.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7792677 އެވެ. ވަޒީފާއަށް އެދޭ ފޯމު ހޮސްޕިޓަލުންނާއި ރަކީދޫ ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.

                               3   މުޙައްރަމް  1436                        

27 އޮކްޓޫބަރު 2014
ހޯދާ